މޫނު ބުރުގާ އެޅުމަށްވެސް އަދި ނޭޅުމަށްވެސް ކީރިތި ޤުރުއާނުގައި ދަލީލު އެބައޮތް ކަމަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ދަރިވަރުންނަށް ފިލާވަޅުތައް ނަންގަވައިދެއްވާ ވަގުތުތަކުގައި މޫނު ބުރުގާއަޅައިގެން ސްކޫލްތަކުގައި ކިޔަވައި ނުދިނުމަށް އޮންނަ އުސޫލާމެދު ރާއްޖޭގެ ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ދެބަސްވުމުގައި އެންމެ ފަހުން އަންހެން ޢިލްމުވެރިއަކު މިވަނީ އެކަމުގައި ޤުރުއާނުގައި އޮތް ދަލީލުތައް ހާމަކޮށްދެއްވާފައެވެ.
އެގޮތުން އިސްލާމް ދީނުގެ ޢިލްމުވެރިޔާ ޑރ. އަނާރާ ނަޢީމް ވިދާޅުވެފައިވަނީ ކަނބަލުން މޫނު ނިވާކުރަނީ ކީރިތި ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެއީ سورة الأحزابގެ 59 ވަނަ އާޔަތް ކަމަށް އަނާރާ ވަނީ ވިދާޅުވެފައެވެ. އަދި މޫނު ފެންނަގޮތަށް ތިބެނީވެސް ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، އެއީ سورة النور ގެ 31 ވަނަ އާޔަތްކަމަށް އަނާރާ ވިދާޅުވިއެވެ.
އޭގެ އިތުރުން ޑރ. އަނާރާ ވަނީ، އެއްބަޔަކު އަނެއްބަޔަކު ކުއްވެރިނުކޮށް އުޅުން މުހިއްމު ކަމަށްވެސް ވިދާޅުވެފައެވެ.
ޑރ. އަނާރާ އަށް ތާޢީދު ކުރަށްވައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރާއްޖޭގައި ބައެއް ޢިލްމުވެރިން އިޚްތިލާފު އުފެދިފައިވާ ކޮންމެ މައްސަލައެއްގައި ވެސް އެބަޔަކުދެކޭ ގޮތް އެއީ ހަމައެކަނި އޮތްގޮތްކަމަށް ހަދަައިއުޅޭ ކަމަށެވެ. އަދި އެބޭފުޅުން ދެކޭގޮތް ނޫން ގޮތަކަށް އެހެން ޢިލްމުވެރިން ދެކެފިނަަަަމަ، އެޢިލްމުވެރިންނާ ވެސް އެބަ ތަޅާފޮޅާ ކަމަށް އިންތި ވިދާޅުވިއެވެ.
ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޕީއެޗްޑީ ހާސިލްކުރެއްވި ޑރ. އަނާރާ ވަނީ ގަތަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި މާސްޓާސް ނިންމެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީންނެވެ.
سورة الأحزاب: 59 ވަނަ އާޔަތުގެ މާނައިގައި ވަނީ: "އޭ ނަބިއްޔާއެވެ! ކަލޭފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެ ތިބުމަށް ކަލޭގެފާނު އެ ކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ."
سورة النور ގެ 31 ވަނަ އާޔަތުގެ މާނައިގައި ވަނީ: "އަދި މުއުމިނު އަންހެނުންނަށް އެ ކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން ފިޔަވައި (އެބަހީ: މޫނާއި، ދެ އަތް ތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ. އަދި އެ ކަނބަލުންގެ ބުރުގާތައް އެ ކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާ ކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ދަރިންނަށް ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚްތުގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަ ތަކުން (ބިމުގައި) އެ ކަނބަލުން ނުތަޅާ ހުށިކަމެވެ. އޭ މުއުމިނުންނޭވެ! ތިޔަބައި މީހުން އެންމެން ﷲއަށް ތައުބާވާށެވެ! (އެއީ) ތިޔަބައި މީހުން ދިންނަވައ،ި ނަޞީބު ލިބިގަތުމަށްޓަކައެވެ."

ކަނބަލުން މޫނު ނިވާކުރަނީ ކީރިތި ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށެވެ. އެއީ سورة الأحزاب:59 އެކެވެ.އަދި މޫނު ފެންނަގޮތަށް ތިބެނީވެސް ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށެވެ.އެއީ سورة النور 31 އެވެ. ވީމާ، އެއްބަޔަކު އަނެއްބަޔަކު ކުއްވެރިނުކޮށްއުޅުން މުހިއްމެވެ .
— Dr. Anara Naeem (@AnaraNaeem) January 21, 2022
ޑރ. އަނާރާ އަށް ތާޢީދު ކުރަށްވައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރާއްޖޭގައި ބައެއް ޢިލްމުވެރިން އިޚްތިލާފު އުފެދިފައިވާ ކޮންމެ މައްސަލައެއްގައި ވެސް އެބަޔަކުދެކޭ ގޮތް އެއީ ހަމައެކަނި އޮތްގޮތްކަމަށް ހަދަައިއުޅޭ ކަމަށެވެ. އަދި އެބޭފުޅުން ދެކޭގޮތް ނޫން ގޮތަކަށް އެހެން ޢިލްމުވެރިން ދެކެފިނަަަަމަ، އެޢިލްމުވެރިންނާ ވެސް އެބަ ތަޅާފޮޅާ ކަމަށް އިންތި ވިދާޅުވިއެވެ.
ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޕީއެޗްޑީ ހާސިލްކުރެއްވި ޑރ. އަނާރާ ވަނީ ގަތަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި މާސްޓާސް ނިންމެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީންނެވެ.
سورة الأحزاب: 59 ވަނަ އާޔަތުގެ މާނައިގައި ވަނީ: "އޭ ނަބިއްޔާއެވެ! ކަލޭފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެ ތިބުމަށް ކަލޭގެފާނު އެ ކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ."
سورة النور ގެ 31 ވަނަ އާޔަތުގެ މާނައިގައި ވަނީ: "އަދި މުއުމިނު އަންހެނުންނަށް އެ ކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން ފިޔަވައި (އެބަހީ: މޫނާއި، ދެ އަތް ތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ. އަދި އެ ކަނބަލުންގެ ބުރުގާތައް އެ ކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާ ކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ދަރިންނަށް ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚްތުގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަ ތަކުން (ބިމުގައި) އެ ކަނބަލުން ނުތަޅާ ހުށިކަމެވެ. އޭ މުއުމިނުންނޭވެ! ތިޔަބައި މީހުން އެންމެން ﷲއަށް ތައުބާވާށެވެ! (އެއީ) ތިޔަބައި މީހުން ދިންނަވައ،ި ނަޞީބު ލިބިގަތުމަށްޓަކައެވެ."
ކިޔުންތެރިންގެ ހިޔާލު