ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އިތުރު 4 ކުންފުންޏަށް ހުއްދަ ދީފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ، ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް އިތުރު ހަތަރު ކުންފުންޏަކަށް ހުއްދަ ދީފައިވާ ކަމަށެވެ. އެގޮތުން މިއަދު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ޒާއިރު ޕްރައިވެޓް ލިމިޓެޑާއި ރައުޟާ ޕްރައިވެޓް ލިމިޓެޑާއި އުޙުދު ޙައްޖު އެންޑް ޢުމްރާޢާއި އަލް މުސާފިރު ޕްރައިވެޓް ލިމިޓެޑަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޢުމްރާއަށް މީހުން ގެންދިއުމަށް މިކުންފުނިތަކަށް ދޫކޮށްފައިވަނީ 2 އަހަރު ދުވަހުގެ ހުއްދައެއް ކަމަށެވެ.
މިއަދު ހުއްދަ ދިން 4 ކުންފުންޏާއެކު ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައިވާ ކުންފުނީގެ އަދަދުވަނީ 41 އަށް އަރާފައެވެ.

އިޢުލާން: ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އިތުރު ކުންފުނިތަކަށް ހުއްދަ ދިނުން https://t.co/LZDDhjHIWZ
— Ministry of Islamic Affairs (@MVIaffairs) March 10, 2022
އިސްލާމިކް މިނިސްޓްރީން ބުނީ ޢުމްރާއަށް މީހުން ގެންދިއުމަށް މިކުންފުނިތަކަށް ދޫކޮށްފައިވަނީ 2 އަހަރު ދުވަހުގެ ހުއްދައެއް ކަމަށެވެ.
މިއަދު ހުއްދަ ދިން 4 ކުންފުންޏާއެކު ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައިވާ ކުންފުނީގެ އަދަދުވަނީ 41 އަށް އަރާފައެވެ.
ކިޔުންތެރިންގެ ހިޔާލު