އަހުމަދު ޝާހް   19 މާރިޗު 2022 - 15:42
"މާހެފުމަކީ" ބިދުޢައެއް ނޫން ކަމަށް އިސްލާމްދީނުގެ ޢިލްމްވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު މިމޭރުމުން ވިދާޅުވީ ރަމަޟާންމަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ގިނަ ބަޔަކު ބާއްވަމުން ގެންދާ "މާހެފުމަކީ" ބިދުޢައެއްކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ޒައިދު ވިދާޅުވީ "މާހެފުމަކީ" ބިދުޢައެއް ނޫންކަމަށާއި އެއީ ދިވެހިން ޘަޤާފީގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ޒައިދު އިތުރަށް ވިދާޅުވީ ރޯދަޔާ ދިމާކޮށް ގެޔަށް ދޮންވެލިލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ނޫން ކަމަށެވެ.

"މިއީ ދިވެހިން ޘަޤަފީގޮތުން ކުރަމުން އަންނަ ކަމެއް! ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫން!" ޒައިދު ވިދާޅުވެފައިވެއެވެ.



ޒަމާނުއްސުރެ މާފެހުމުގެ ހަރަކާތަކީ ރަމަޟާން މަހާއި ގުޅުވައިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވަމުންދާ ޙަރަކާތެކެވެ. އެހެންނަމަވެސް މިހާރަކަށްއައިސް އެއީ ބިދުޢައެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަވަނީ ފަތުވާތައް ދެއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު