އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ކަމަށެވެ. އެގޮތުން ގޯތިތެރެއާއި އެއްކޮށް 9000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ފިރިހެނުންގެ ބައިގައި 2265 މީހުން. އަންހެނުންގެ ބައިގައި 1755 މީހުން. އަދި މިސްކިތުގެ ގޯތި ތެރޭގައި 5000 މީހުންނަށް ނަމާދު ކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
ރަމަޟާން މަހަށް މިސްކިތްތަކުގެ ޖާގަ އިތުރުކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި އަމިއްލަ މީހަކު އިމާރާތް ކޮށްދީފައިވާ މިސްކިތް 27 މާރިޗު 2022 ވަނަ ދުވަހުގެ ރޭ ހުޅުވާފައިވާ ކަމަށެވެ. އަދި ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރި 2 ވަނަ ވަގުތީ މިސްކިތް ހުޅުވާނީ 31 މާރިޗު 2022 ބުރާސްފަތި ދުވަހުގެ އަސުރު ނަމާދު ވަގުތު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ހަމައެއާއެކު ލ.މަތިމަރަދޫގައި ޒަކާތު ފަންޑުން ޚަރަދު ކޮށްގެން އިމާރާތްކުރި މިސްކިތް ހުޅުވަން ހަމަޖެހިފައިވަނީ 29 މާރިޗު 2022 ގައެވެ. މާފަންނު އާމިސްކިތް 1 އޭޕްރީލް 2022ގެ އަސުރު ނަމާދަށް ހުޅުވާއިރު އާރްސީއެންސީން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރި މިސްކިތް ހުޅުވާނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގައެވެ.
މިއަހަރުގެ ރަމަޟާންމަހު އިސްލާމީ މަރުކަޒުގެ ދެވަނަބުރި އެއްކޮށް އަންހެން ބޭފުޅުންނަށް ޚާއްސަކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި ސަލްމާން މިސްކިތުގެ 2 ވަނަ ބުރިވެސް ވަނީ އަންހެން ބޭފުޅުންނަށް ޚާއްސަ ކުރެވިފައި ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު