ހައުސިންގ ޑިވެލެޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ވަގުތީ މިސްކިތެއް ބިނާކޮށްފިއެވެ.

އެޗްޑީސީން މި މިސްކިތް ބިނާކޮށްފައިވަނީ ރަމަޟާންމަހު ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. އެއީ 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ.



އެޗްޑީސީން ބިނާކުރި ވަގުތީ ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާކޮށްފައިވާއިރު، ސަރުކާރުން ދަނީ ދާއިމީ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި ބައެއް މިސްކިތްތައް މިހާރު ވަނީ ބޭނުންވެސް ކުރަން ފަށާފައެވެ.

ރަމަޟާން މަހަށް މިސްކިތްތަކުގެ ޖާގަ އިތުރުކުރުމަށް އައްޑޫ ސިޓީ ހިތަދޫގައި އަމިއްލަ މީހަކު އިމާރާތް ކޮށްދީފައިވާ މިސްކިތް 27 މާރިޗު 2022 ވަނަ ދުވަހުގެ ރޭ ވަނީ ހުޅުވާފައެވެ.

ހަމައެއާއެކު ލ.މަތިމަރަދޫގައި ޒަކާތު ފަންޑުން ޚަރަދު ކޮށްގެން އިމާރާތްކުރި މިސްކިތާއި މާފަންނު އާމިސްކިތާއި އާރްސީއެންސީން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރި މިސްކިތްވެސް ރަމަޟާން މަހަށް ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު