ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީގެ ދަށުން ބިނާކުރި ކިންގް ސަލްމާން މިސްކިތް ބިނާކުރީ ދިވެހި ސަރުކާރުން ބޮޑު ހަރަދެއްކޮށްގެންކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރ ތައްޔިބް ޝަހީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ތައްޔިބް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރި ސަލްމާން މިސްކިތުގައި މިއަދު ރަސްމީކޮށް ނަމާދުކުރަން ފެށުމާގުޅިގެންނެވެ.

ތައްޔިބް މިއަދު ތުހުމަތުކުރެއްވި ގޮތުގައި ސައުދީ އަރަބިއާއިން މިސްކިތް އަޅަން ދިން ފައިސާ ޕީޕީއެމް ސަރުކާރުން ބޭނުން ކުރީ އެހެން ކަންކަމަށް ކަމަށެވެ. އަދި ސަލްމާން މިސްކިތް ނިންމާފައިވަނީ ދިވެހި ދައުލަތުން ބޮޑު ޚަރެދެއް ކޮށްގެންކަމަށްވެސް ތައްޔިބް ވިދާޅުވިއެވެ.

"މިސްކިޔް އަޅަން ދިން ލާރިއަށްވެސް ޕީޕީއެމް ސަރުކާރުން ހެދީ ހަދާނެ އެއްޗެއް." ތައްޔިބް ވިދާޅުވިއެވެ.



ސަލްމާން މިސްކިތް ބިނާކުރީ ސަރުކާރުން ބޮޑު ހަރަދެއްކޮށްގެންކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިނަމަވެސް ސަރުކާރުން މިހާތަނަށް ވިދާޅުވަމުން ދިޔައީ ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާންގެ އެހީގެ ދަށުން ބިނާކުރި މިސްކިތެއްކަމަށެވެ. އަދި މިސްކިތުގެ ބައެއް މަސައްކަތްތަކަށް ދިވެހި ސަރުކާރުން ހަރަދުކުރި ފައިސާވެސް ސައުދީ ސަރުކާރުން ދެއްވާނެކަމުގެ ޔަގީންކަން ދީފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު