މާދަމާއިން ފެށިގެން އެސްއެމްއެސް އާއި އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެސްއެމްއެސް އާއި އޮންލައިންކޮށް ފިތުރު ޒަކާތް ނުދައްކާ މީހުންނަށް މިނިސްޓްރީއަށް ގޮސްގެން ފިތުރު ޒަކާތް ދެއްކޭނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތުން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 13:00 އަށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ފިޔަވައި އެހެނިހެން ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ. މި އަހަރު، ހުރިހާ ރަށަކުން ވެސް ފިތުރު ޒަކާތް ބަލައިގަންނާނީ އެއް ރޭޓަކުން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މިއަހަރު އެކުލަވާލި ފަގީރުންގެ ދަފްތަރުގައި 9،041 މީހުން ވަނީ ރަޖިސްޓްރީކޮށްފައެެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 7،245 މީހުންނާއި މާލެއިން 1،796 މީހުންނެެވެ.

އިޢުލާން: ފިޠުރު ޒަކާތް ބަލާގަތުމާއި ގުޅޭhttps://t.co/CuYq9WlgN5 pic.twitter.com/WsknTYkEc2
— Ministry of Islamic Affairs (@MVIaffairs) April 1, 2022
އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ފިޔަވައި އެހެނިހެން ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ. މި އަހަރު، ހުރިހާ ރަށަކުން ވެސް ފިތުރު ޒަކާތް ބަލައިގަންނާނީ އެއް ރޭޓަކުން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މިއަހަރު އެކުލަވާލި ފަގީރުންގެ ދަފްތަރުގައި 9،041 މީހުން ވަނީ ރަޖިސްޓްރީކޮށްފައެެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 7،245 މީހުންނާއި މާލެއިން 1،796 މީހުންނެެވެ.
ކިޔުންތެރިންގެ ހިޔާލު