ޝެއިހް އަލީ ޒައިދު
ޝެއިހް އަލީ ޒައިދު
ޙައިޟުގެ ސަބަބުން އަންހެނުންނަށް ރޯދަމަހުގެ ސަވާބުން އުނިނުވާނެ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވަނީ ރޯދަމަހުގައި ހުރިހާ ރޯދައެއް ހިފުމަށްޓަކައި ގެއްލުމެއްނުވާނަމަ އިތުބާރުހުރި ޑޮކްޓަރުންގެ ލަފާގެމަތިން ޙައިޟުނުވާ ބޭސް ބޭނުންކުރުން ޢިލްމުވެރިން ހުއްދަ ކުރަށްވާފައިވާކަމަށް ޝެއިޚް ޒަމްޒަމް ފާރިޝް ވިދާޅުވުމާ ގުޅިގެންނެވެ.

ޒައިދު މިއަދު ވިދާޅުވީ އިސްލާމްދީނުގައި އަންހެން ކަނބަލުންނަށް ރަމަޟާންމަހުގައި ގިނަ އަޅުކަން ކުރުމަށްޓަކައި ޠަބިޢީގޮތުން ވަމުންދާ ޙައިޟު ހުއްޓުވުމަށް އެއްވެސް ވަރަކަށް ބާރު އަޅުއްވާފައި ނެތް ކަމަށެވެ. ޙައިޟުވެގެން ރޯދަ ނުހިފުނަސް ރޯދަމަހުގެ ސަވާބު ލިބޭނެ އިތުރުގޮތްތައް ހުރިކަން ޝައިޚް ޒައިދު ފާހަގަކުރެއްވިއެވެ.

"ޙައިޟު ވެގެން ރޯދަ ނުހިފުނަސް އަދި ނަމާދު ނުކުރެވުނަސް ރޯދަ މަހުގެ ސަވާބާ ދަރުމަ ލިބެނިވި އެހެން ގޮތްތައް އެބަހުރި. އެކަންތައް ކުރުން ހުރި." ޝައިޚް ޒައިދު ވިދާޅުވެފައިވެއެވެ.



އިސްލާމްދީނުގައި އެއްވެސް ނަފްސަކަށް ތަކްލީފެއް ޖައްސަވާފައި ނުވާއިރު އަންހެނުންނަށް ޙައިޟުގެ ސަބަބުން ގެއްލޭ ރޯދަތައް އަހަރުގެ ބާކީ ދުވަސްތަކަށް ބަހާލައިގެން ހިފުމުގެ މަގު ވަނީ ފަހިކޮށްދެއްވާފައެވެ. އަދި ޙައިޟުގެ ސަބަބުން ގެއްލޭ ރޯދައިގެ ސަބަބުން ރަމަޟާން މަހުގެ ސަވާބުންވެސް އުނިނުވާނެކަމަށް ދީނުގައި އަންގަވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން