މަސްވެރިން ބާނާ ހުރިހާ މަހެއް ގަންނަން މިފްކޯއިން ފަށައިފިއެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ބުނީ، ދެކުނުގެ މަސްވެރިކަން މާރޗް މެދުތެރެއިން ފެށިގެން އާދަޔާއި ޚިލާފަށް ރަގަޅުވެ އެއްފަހަރާ ގިނަ ދޯނިފަހަރުތަކެއް ސެންޓަރުތަކާއި، ބޯޓުފަހަރަށް މަސްކިރުވުމަށް ގޮސްފައިވާތީ މިފްކޯގެ ފްރީޒިންގ ކެޕޭސިޓީ އަށްވުރެ އިތުރަށް މަސް ލިބެމުން ގޮސްފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން މަސްވެރިން ބާނާމަސް، ގިނަ ދޯނިފަހަރަށް ކިރުވޭނެ ގޮތް ހަމަޖައްސައި ދިނުމަށްޓަކައި މިމަހުގެ 6 އިން ފެށިގެން މަސްކިރުން ކޮންޓްޜޯލް ކޮށްފައިވާ ކަަމަށެވެ. ނަމަވެސް އިއްޔެއިން ފެށިގެން ކޮންޓްރޯލް ކުރުމެއްނެތި މަސްކިރުމުގެ މަސައްކަތް ކުރިޔަށް ގެންދަން ފަށާފައިވާ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

"މިފްކޯއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، އަވަސް ޚިދުމަތް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ މިފްކޯއިން ދޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށެވެ. މިފްކޯގެ ބަޔާނުގައިވެއެވެ.

ސަރުކާރުން މިހާރު ވަނީ މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރ ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2500 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ގެނެސްފައެވެ. މީގެ އިތުރުން މަސްގަަތުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުުރުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

މިފްކޯއިން ބުނީ، "ޖަޒީރާ ރީފާ" ގެ ނަމުން ނަން ދީފައިވާ މަސް އެކްސްޕޯޓްކުރާ އުޅަނދުގެ ދަތުރުތައް މިމަހުގެ 23 ގައި ފަށާފައިވާ ކަމަށާއި، 2،500 ޓަނުގެ އެ ރީފާ އުޅަނދުގެ ފުރަތަމަ ދަތުރުގައި ދާނީ ތައިލެންޑަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން