ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މަޖިލީހުގެ ރައީސްކަމުން ބޭރުކޮށްފާނެތީ ހުންނެވީ ބިރުފުޅުން ކަމަށާއި މަޖިލީހުގެ މަސައްކަތްތައް ނުހިނގަނީ އެހެންވެގެންކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ކުރުކޮށްލާތާ 3 ދުވަސް ވެފައިވަނިކޮށް، މަޖިލީހުގެ މަސައްކަތާއި ގުޅިގެން އިދިކޮޅު ޕީޖީ ގުރޫޕުން މިއަދުވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އިދިކޮޅުންވަނީ، މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދަން ސަރުކާރުން ހުރަސް އަޅާކަމަށް ތުހުމަތު ކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ކަންބޮޑުވާ ވަރަށް ގިނަ މައްސަލަތައް ގައުމުގައި އެބަހުރި ކަމަށާއި އެ ކަންކަމާއި ގުޅިގެން މަޖިލީހަށް ވަރަށް ގިނަ މައްސަލަތައް އިދިކޮޅުން ހުށަހަޅާފައިވާނެ ކަމަށެވެ. ބޮޑެތި މުހިއްމު ގާނޫނުތައް ވެސް މިއަދު ވުޖޫދުކުރަންޖެހޭ ކަމަށާއި އަދި އެމްޑީޕީން ވެސް ވައުދުވެ ނުނިމި ހުރި ކަންކަން ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ މަޖިލިސް މިއަދު ހުއްޓުވާލާފައި ނުވަތަ މަޖިލިސް ހިސޯރުކޮށްފައި މި އޮންނަނީ ކަނޑައެޅިގެން ގަސްދުގައި ރޭވިގެން، ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި. ވާދަވެރި އިދިކޮޅު ފަރާތްތަކުގެ ފަރާތުން މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިހާރު ހިނގަމުންދާ ކަންކަމަކީ މަލްޓި ޕާޓީ ޑިމޮކްރެސީއާ ވަރަށް ހިލާފު އަދި ރައްޔިތުންގެ އަޑު ކަނޑުވާލަން ސަރުކާރުން ހިންގާ ވަރަށް ޒިންމާދާރުކަން ކުޑަ ހަޑި ހުތުރު އަމަލެއް ކަމަށެވެ. އަދި މިކަންކަން ހިނގަމުން ދަނީ އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބާއި ގުޅުވައިގެން ކުރިމަތިވި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
އާދަމް ޝަރީފު ވިދާޅުވީ، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިހާރު ވަނީ މަސައްކަތްޕުޅު ނުކުރެވޭގޮތަށް "ޑެޑްލޮކް" ނުވަތަ މަރުތަޅު އަޅުވާފައިކަމަށެވެ. އަދި އެމްޑީޕީގެ އިންތިހާބަށް ފަހު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފާނެތީ، މަސައްކަތްތަކުގައި އުޅުއްވުމަށް އެމަނިކުފާނު ޖެހިލުންވެ ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވަން މަސައްކަތްކުރި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ އަޑު އިއްވާނެ ކަމަށާއި އިދިކޮޅުން އޮތީ ސަރުކާރުން ކޮންމެ ރޭވުމެއް ރޭވި ނަމަވެސް އެކަމަށް ފުރުސަތުދޭ ގޮތަކަށް ނޫން ކަމަށެވެ.
މަޖިލީހުގެ ދެ ވަނަ ދައުރުގައި މިހާތަނަށް ބޭއްވި ތިން ޖަލްސާގައި ވެސް މިނިސްޓަރުންނާ ސުވާލު ކުރުމަށްފަހު ކުރާނެ އިތުރު މަސައްކަތެއް ނެތިގެން ޖަލްސާތައް ވަނީ ކުރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު