މއ. ހައިވަކަރުގޭ، ހައިވަކަރު އަޙްމަދުފުޅަކީ ‏ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި އަސްކަރީ ލީޑަރެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

ޝަމާލު މިހެން ވިދާޅުވީ މއ. ހައިވަކަރުގޭ ހައިވަކަރު އަޙްމަދުފުޅު މިއަދު ފަތިހު އަވަހާރަވުމާއި ގުޅިގެން، އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ޝަމާލް ވިދާޅުވީ ‏ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި މއ. ހައިވަކަރުގޭ ހައިވަކަރު އަޙްމަދުފުޅު އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުންހިތާމައާއެކުގައިކަމަށެވެ.

ޝަމާލް.ވިދާޅުވީ ‏އަލްފާޟިލް ހައިވަކަރު އަަޙްމަދުފުޅަކީ ގިނަ ދުވަސްތަކެއްގައި ސިފައިންގެ އެންމެ މަތީ ފަންތީގައި ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އަސްކަރީ ލީޑަރެއް އަދި ވަރުގަދަ ޝަޚްސިއްޔަތެއްކަމަށެވެ.



ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އުމުރުފުޅުން 89 އަހަރުގައި ހައިވަކަރު އަޙްމަދުފުޅު އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.

އަހްމަދުފުޅު އެންމެ ގިނަދުވަހު މަސައްކަތް ކުރެއްވީ ސިފައިންގޭގަ އެވެ. އެގޮތުން 25 އަހަރު ސިފައިންގޭގެ ޚިދުމަތުގައި އުޅުއްވުމަށްފަހު ކެޕްޓަން ރޭންކުގައި ވަޒީފާއިން ވަކިވެވަޑައިގަތީ 1978 ވަނަ އަހަރުއެވެ.

އަހްމަދުފުޅު ވަނީ ޅ. އަތޮޅާއި މ. އަތޮޅާއި އަދި އައްޑު އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން