އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކަށް މިލިއަނުން މާބުރާއި ކަނބުރު
އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކަށް މިލިއަނުން މާބުރާއި ކަނބުރު
އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކަށް މިލިއަނުން މާބުރާއި ކަނބުރު ކުއްލިއަކަށް އަރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިިރިއުޅޭ ޔަހޫދީންނަށް ބޮޑު ނުރައްކަލާއި ބިރުވެރި ކަމެއް އުފެދިއްޖެއެވެ.

މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންގެ ސަލާމަތަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ބަންދުކޮށްގެން ތިބުމަށް އަންގާފައެވެ.

މީގެ އިތުރުން، ބޭރަށް ނުކުމެ އުޅުމުގައި ރައްކާތެރިވުމަށާއި، މިފަދަ ގިނަ އަދަދެއްގެ މާބުރު އެއްވެފައިވާ ތަންތަނާ ކައިރިނުވުމަށް ވެސް ވަނީ އިންޒާރު ދީފައެވެ. މިގޮތަށް ކުއްލިއަކަށް މިހާ ގިނަ އަދަދެއްގެ މާބުރު އައި ސަބަބެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ދަތުރުފަތުރަށާއި އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން، މަގުތަކާއި އިމާރާތްތަކުގެ ބޭރުގައި މާބުރުތައް ބޮޑެތި އައިންތަކެއްގެ ގޮތުގައި ފެތުރިފައިވުމުގެ ސަބަބުން މީހުންނަށް ބޭރަށް ނުކުމެ އުޅުމަށް ވަނީ ދަތިވެފައެވެ. ކަމާބެހޭ މާހިރުން މިހާރު ދަނީ މިކަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި މާބުރުތައް އެ ސަރަހައްދުން ދުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު