އަހުމަދު މަސްނޫމް   22 ސެޕްޓެމްބަރު 2022 - 17:28
ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވާން ރާއްޖޭގައި ޓެލެތޯނެއް ކުރިއަށްގެންދިއުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން، ދަޢުލަތުގެ މީޑިއާ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ޓެލެތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 1 ވަނަ ދުވަހުއެވެ.



މި ޓެލެތޯންގެ މައިގަނޑު މަގްސަދަކީ ޕާކިސްތާނަށް ދާދިފަހުން ކުރި ވިއްސާރައިގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ފައިސާ ހޯދުމެވެ.

މި ޓެލެތޯން ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ޕާކިސްތާނު ހައި ކޮމިޝަނާއި، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ވަނީ ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޙާލިދާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް މުޙައްމަދު ޝިފާޢު ޙަސަނާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންނާއި، އޮންލައިން މީޑިއާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

ޕާކިސްތާނުގައި ފެންބޮޑުވުމާ 33 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފައެވެ. އަދި ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 1,300 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

އދ.އިން ބުނާގޮތުން އެ ޤައުމަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ގޯސްވާނެެއެވެ.

ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ އެ ޤައުމުގެ ދެކުނުގައިވާ ސިންދު ޕުރޮވިންސަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން