އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު ހަމަޖައްސައިފިއެވެ.

ރައީސް އުފައްދަވާފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު ބުނީ، އާސަންދައިގެ އެމްޑީ ކަމަށް އައްޒާމް ހަމަޖެއްސެވީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ޝަފީގް މަގާމުން ވަކިވުމާ ގުޅިގެން ކަމަށެވެ.

އައްޒާމް މީގެކުރިން ހުންނެވީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމުގައެވެ. އަދި އައްޒާމް ހުންނެވި އެ މަގާމު ހުސްވުމުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ، އާސަންދައިގެ އެމްޑީކަމުން މިއަދު ވަކިވި މަރިޔަމް ޝަފީގް އެންސްޕާގެ ސީއީގެ މަގާމަށް އައްޔަން ކުރައްވާފައެވެ. މަރިޔަމް ޝަފީގް މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ވަނީ އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސާގެ މަގާމު ފުރުއްވާފައެވެ.

މި ދެ ބޭފުޅުންގެ މަގާމު އެއް ކުންފުނިން އަނެއް ކުންފުންޏަށް ބަދަލު ކުރެއްވި ސަބަބެއް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން