ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރު ގޭންގްތަކުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މި ސަރުކާރު ގޭންގްތަކުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށާއި ރައީސް ޞާލިހް ވިދާޅުވެފައިވާ ފަދައިން މި ސަރުކާރު ވެރިކަމަށް އައީވެސް އަދި ދެމި އޮންނާނީ ވެސް ގޭންގްތަކުގެ އެހީއާއިއެކުގައި ނޫން ކަމަށެވެ.

ނަމަވެސް، މިއީ މުޖުތަމައުގައި އެތައް އަހަރެއް ވަންދެން މޫލާފައި ހަރުލާފައިވާ ސީރިއަސް ބޮޑު މައްސަލައެއް ކަމަށާއި، އެހެންކަމުން އެކަންކަން ހުއްޓުވާ، ނުވަތަ އޭގެ ބޮޑު ބަދަލެއް ގެނައުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްތަކެއް ބޭނުންވާކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ސަރުކާރު އައީވެސް، މި ސަރުކާރު ދެމި އޮންނާނީވެސް އިތުރަށް ހޮވޭނީ ވެސް ގޭންގްތަކުގެ އެހީއާއި ނުލާ އިރާދަކުރެއްވިއްޔާ. އެއީ އަޅުގަނޑުމެން މި ސަރުކާރު ގެނައި އެންމެ ބޮޑު ބަދަލު" އިމްރާން ވިދާޅުވިއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ، މި ސަރުކާރު ދެމި މި އޮންނަނީ ގޭންގްތަކުގެ އެހީގައި ކަމަށް އިދިކޮޅު މެންބަރަކު ވިދާޅުވެފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން