ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އަށް އިއްވި ހުކުމް އިސްތިއުނާފް ކުރަން ނިންމި ނިންމުމަށް ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު މިރޭ ފާޑުވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ބުނީ އެ ހުކުމް އިސްތިއުނާފް ކުރަން ނިންމީ އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ. މި މައްސަލާގައި ދައުލަތުން އަސާސީ އަދަބެއްގެ ގޮތުން ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް އެދުނު ނަމަވެސް ކޯޓުން މިއަދު ވަނީ އޭނާ އެއް އަހަރާއި ދެ މަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

ޕީޖީގެ ނިންމުމައި ގުޅިގެން ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝަކުރޫ ވިދާޅުވީ ހުކުމެއް ބޮޑުވެގެން ދައުލަތުން އިސްތިއުނާފް ކުރުމަކި މިއީ ރާއްޖޭގެ ފަހު ތާރީހެއްގައި އަލަށް ފެނިގެންދާ ކަމެއް ކަމަށާއި އަދި އެއީ ވެސް އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުން ސާބިތުވި މީހެއްގެ ހުކުމެއް ކަމަށެވެ. މިއީ ޒުވާން ޖީލަށް ދެވޭ ނުބައި މެސެޖެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މެދު ދައުލަތުން އަމަލުކުރި ގޮތުގެ ހަނދާން އާކުރަށްވާފައެވެ. އަދި އާޒިމާ ވިދާޅުވީ ދައުލަތުން ހިންގަމުން ދަނީ ލަދުވެތި އަމަލުތަކެއް ކަަމަށެވެ.

އަލަމްގީރާއެކު ގުޅުން ހިންގި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެެ.

އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު ގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން