އުމްރާނީ ތަރައްޤީ ހޯދުމަށް ޤުދުރަތީ މާޙައުލު ޤުރުބާން ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ "ކުރަމަތި ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސް" ފޮތް ނެރުމަށް ކުރަމަތި ރިސޯޓުގައި ބޭއްވި ރަސްމިއަޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަނދަރު ހެދުމާއި، އެއްގަމު ތޮށި ލުމާއި، މަގު ހެދުންފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢޫތައް ހިންގުމަށް ޤުދުރަތީ މާޙައުލު ޤުބުރާން ކުރެވޭކަމީ ޙަޤީޤަތެއް ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތައްވެސް ޤުދުރަތީ މާޙައުލާއި ރަޙުމަތްތެރި ގޮތަކަށް ކުރުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.
"ހޭޅި ފަށުގެ ގަސްތަކާއި ބޮޑު ހިލަ ބަނދަރާއި އެއްގަމު ތޮއްޓާއި ފަރު ވެސް ކުރަނީ އެއް ކަމެއް. އެއީ ރަށް ހިމާޔަތްކުރުން.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރަށް ޙިމާޔަތް ކުރުމަކީ ކުޑަ ޚަރަދަކުން ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކުރެވިދާނެ ކަމެއް ކަމަށެވެ. އެގޮތުން 1 މީޓަރުގެ ފަރެއް ހެއްދުމަކީ 25 ޑޮލަރުންވާ ކަމެއް ކަމަށާއި ހޭޅިފަށުގެ ގަސްތައް ހެއްދުމަށް 5 ޑޮލަރު ވެސް ނުދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު