އަހުމަދު މަސްނޫމް   30 ނޮވެމްބަރު 2022 - 19:3
އެމްއެމްޕީއާރުސީގެ ދައުވަތަކަށް ނޯޑިކް ސަރަޙައްދުގެ މަޝްހޫރު މީޑިޔާ ޓީމެއް ފެމިލިރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ދަތުރު ކުރިއަށް ދަނީ މިމަހުގެ 25 އިން އަންނަ ޑިސެންބަރު 1 ވަނަ ދުވަހުގެ ނިޔަލަށްޖަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގެ އަމާޒަކީ ނޯޑީކް މާކެޓުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓްތައް، ހާއްސަކޮށް ލަގްޒަރީ އަދި ގެސްޓްރޮނޮމީ ސެގްމަންޓު އިތުރަށް އިޝްތިހާރުކުރުންކަމަށެވެ. އަދި އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގެ ސަބަބުން ނޯޑިކް މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިންގް އިތުރުވާނެ ކަމަށް ބެލެވޭކަމަށެވެ.

ނޯޑިކް މާކެޓުގެ ތަފާތު ސެގްމަންޓްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ ފެންވަރުގައި ހިންގާ ޕަބްލިކޭޝަންތައް ކަމަށްވާ ސޮންޑަގް, ވެގަބޮންޑް ރެއިސެލިސްޓް، ޑަގްބްލެޑެންސް ބިއުރޯ އަދި ޑަގްބްލެޑެންސް ބިއުރޯގެ ޖާނަލިސްޓުންނާއި ބްލޮގާސް މި ފެމިލިއަރައިޒޭޝަން ދަތުރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެކިއެކި ޕްރޮޑަކްޓްތަކުން ލިބެންހުރި ޚިދުމަތްތައް ތަޖުރިބާކޮށް ނޯޑިކް މާކެޓަށް ބުނެދޭނެއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގެ ސަބަބުން ރާއްޖެއަށްފުޅާ ދާއިރާއެއްގެ ކަވަރޭޖެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރައްކާތެރިކަމާއި 'ވަން އައިލެންޑް ވަން ރިސޯޓް" ގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ފަތުރުވެރިކަމުގެ އެއް މަންޒިލްކަންވެސް މި ފެމިލިއަރައިޒޭޝަން ދަތުރުގެ ޒަރިއްޔާއިން މާކެޓްކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.



މިއަހަރުގެ ނޮވެމްބަރ 14 ވަނަ ދުވަހުގެ ނިޔަލަށް މި މާކެޓުން ރާއްޖެއަށް ވަނީ 29،666 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެމްއެމްޕީއާރުސީއިން ދަނީ ނޯޑިކް މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބްލިކްސެން ޓުއަރސް އާ ގުޅިގެން ކުރިއަށްގެންދިޔަ ކެމްޕެއިނާއި ނޯޑިކް މާކެޓަށް އަމާޒުކޮށް ބޭއްވި ޓްރެވެލް ޓްރޭޑް ވެބިނާ އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.

މި މާކެޓަށް އަމާޒުކޮށް މި އަހަރު ކުރިއަށް އޮތްތަނުގައި އިތުރު ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ބްރޯޑްކާސްޓިންގް ޕާޓްނަޝިޕް, އައުޓްޑޯ ކެމްޕެއިން, ޕްރިންޓް މީޑިޔާ ކެމްޕެއިން އަދި އެހެނިހެން އެކި ހަރަކާތްތައް ރާވާފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެކެވެ. އެގޮތުން 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއަށް ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން