މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން އަދާކުރުމަށް މުޤައްދަސް ބިމަށް ޖަމާވި މިލިއަނަކަށްވުރެ ގިނަ ހައްޖުވެރިންގެ ތެރެއިން، އެންމެ އުމުރުން ދުވަސްވީ ހައްޖުވެރިއަކީ އިންޑޮނޭޝިޔާގެ އުމުރުން 104 އަހަރުގެ އެމްބާ މަރްސިޔާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑޮނޭޝިޔާގެ އިރުމަތީ ޖާވާގެ ކެދިރީއަށް ނިސްބަތްވާ މަރްސިޔާއަކީ، މިއަހަރު އެގައުމަށް ލިބުނު 221,000 ހައްޖު ކޯޓާގެ ދަށުން މި މަތިވެރި އަޅުކަން ފުރިހަމަކުރުމުގެ ނަސީބު ލިބުނު ފަރާތެކެވެ. 1 ޖުލައި 1921 ގައި އުފަންވި މަރްސިޔާ ހައްޖުގެ އަޅުކަމަށް ރަޖިސްޓްރީ ކުރީ 2021 ވަނަ އަހަރުއެވެ.
ހައްޖު މީޑިއާ ސެންޓަރަށް މައުލޫމާތު ދެމުން މަރްސިޔާ ބުނި ގޮތުގައި، ސައުދީ އަރަބިއްޔާއަށް ގޮސް ހައްޖުގެ ފަރުޟު އަދާކުރުމަށް އޭނާ ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ހެދުމަށްޓަކައި، ގިނަ އަހަރުތަކެއް ވަންދެން ނުހަނު ކެތްތެރިކަމާއެކު އޭނާ ވަނީ ފައިސާ ރައްކާކޮށްފައެވެ. އޭނާ މި ފައިސާ ހޯދީ އާދައިގެ ކާނާއެއް ކަމަށްވާ 'ޕޮރިޖް' ވިއްކައިގެންނެވެ.
"އަހަންނަށް ލިބޭ މަދު އާމްދަނީން ޤަވާއިދުން ފައިސާ ރައްކާކުރަމުން ދިޔައީ. ދަޅަކަށް ފައިސާ އަޅައިގެން ރައްކާކުރަމުން ދަނިކޮށް، ފައިސާ މަދުވާ ދަނޑިވަޅުތަކުގައި އަހަރެންގެ ދަރިފުޅު އެހީތެރިކަން ފޯރުކޮށްދިން،" މަރްސިޔާ ކިޔައިދިނެވެ.
މިދިޔަ މެއި މަހުގެ 22 ވީ ހުކުރު ދުވަހު އޭނާގެ 67 އަހަރުގެ ދަރިފުޅު މުއިދާއާ އެކު މައްކާއަށް ދަތުރުކުރި މަރްސިޔާ، އޭނާގެ މި މަސައްކަތް ބޭއްވީ ނުހަނު ސިއްރުވެރި ގޮތެއްގައެވެ. އޭނާ ހައްޖަށް ދިއުމަށް ފައިސާ އެއްކުރާ ވާހަކަ އެއްވެސް މީހަކަށް ހިއްސާކޮށްފައެއް ނުވެއެވެ. އޭނާގެ ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނަށްވެސް މިކަން އެނގުނީ، ހުރިހާ ތައްޔާރީތަކެއް ނިމި ދަތުރު ކަށަވަރުވުމުންނެވެ.
އިންޑޮނޭޝިޔާގެ ހައްޖު މިޝަންގެ އިސް ބޭފުޅެއް ކަމަށްވާ އަބިސްވާތުން ނާދިރޯ ވިދާޅުވި ގޮތުގައި، މަރްސިޔާގެ ސިއްހީ ހާލަތު ވަރަށް ރަނގަޅެވެ. އަދި އޭނާ ހުރީ ހައްޖުގެ ހުރިހާ އަޅުކަންތަކެއް ފުރިހަމަކުރުމަށް ނުހަނު ފުރިހަމައަށް ތައްޔާރުވެ، އަޒުމް ވަރުގަދަކޮށްގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަސާގަނޑެއްގެ އެހީގައި މިހާރުވެސް ހިނގާބިނގާވެ އުޅޭ މަރްސިޔާ، ހައްޖުގެ މަނާސިކުތައް ފުރިހަމަކުރުމުގައި ގިނައިން ބޭނުންކުރީ ފުރޮޅުލީ ގޮނޑިއެވެ. އޭނާގެ މި ދަތުރަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހިތްވަރަކާއި މިސާލެކެވެ.

ކިޔުންތެރިންގެ ހިޔާލު