ޒާކިރް ނައިކް ޕޯސްޓްކޮށްފައިވާ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް
ޒާކިރް ނައިކް ޕޯސްޓްކޮށްފައިވާ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް
ނަފްސާނީ ބަލިތަކާއި އަމިއްލައަށް މަރުވުމާއި ބެހޭގޮތުން އުފެދިފައިވާ ގިނަ ސުވާލުތަކަކަށް ޑރ.ޒާކިރް ނައިކް ޖަވާބު ދެއްވައިފިއެވެ.

ދާދި ފަހުން އަމިއްލައަށް ދަންޖެހިގެން މަރުވި ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތުގެ މަރާއި ބެހޭ ގޮތުން ލިބުނު ސުވާލުތަކަށް ޖަވާބު ދެމުން، ޑރ.ޒާކިރް ނައިކް ވަނީ ޑިޕްރެޝަނާއި އަމިއްލައަށް މަރުވާމީހުންނާއި ބެހޭ ގޮތުން އިސްލާމް ދީނުގައި އޮތް ގޮތް އޮޅުން ފިލުވައިދިނުމުގެ ގޮތުން އޭނާގެ ފޭސްބުކް ޕޭޖުގައި ވީޑިއޯއެއް ޕޯސްޓް ކޮށްފައެވެ.

މި ވީޑިއޯގައި ޑރ.ނާއިކް ވަނީ އެއްވެސް ސަބަބަކާއި ހުރެ އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށް ވިދާޅުވެ ދަލީލު ދައްކަވާފައެވެ. ޑިޕްރެޝަނާއި ނަފްސާނީ ބަލިތަކާއި ބެހޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ޑރ. ޒަކިރު ނަޔަކް ވިދާޅުވީ ގުރުއާން ކިޔެވުމާއި، ހެއްދެވިފަރާތް މަތިން ގިނަގިނައިން ހަނދާންކުރުމަކީ ޑިޕްރެޝަނަށް އޮތް އިސްލާމީ ހައްލުކަމަށެވެ.

އަދި ދާދި ފަހުން ޖަރުމަނުގައި ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި ޑިޕްރެޝަން ކަހަލަ ނަފްސާނީ ބަލިތައް އެންމެ މަދީ މުސްލިމުންގެ މެދެގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން