އިސްލާމް ދީނަކީ އިންސާނާއަށް ރިވެތި އަޚުލާޤާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް މާތް ﷲ ބާވައިލެއްވި މަތިވެރި ދީންކަމަށާއި، މުޖުތަމަޢެއް ތަހުޒީބުވެ ކުރިއަރައިދާނީ ރިވެތި އަޚުލާޤީ ސިފަތަކުން ޒީނަތްތެރިވެގެން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމް ދީނަކީ ރިވެތި އަޚުލާޤުގެ ދީން" މި މައުޟޫޢަށެވެ. ޚުޠުބާގައި ބުނެފައިވަނީ، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ރަސޫލުކަމާއިގެން ފޮނުއްވުމުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީ ވެސް ރިވެތި އަޚުލާޤު ފުރިހަމަކުރެއްވުން ކަމަށެވެ.
އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުތަކުން އެނގޭ ގޮތުގައި، ރިވެތި އަޚުލާޤުގެ ވެރިޔާއަށް ރޭއަޅުކަންކޮށް ސުންނަތް ރޯދަހިފާ މީހެއްގެ ދަރަޖަ ލިބިގެންދާއިރު، ޤިޔާމަތް ދުވަހު ހެޔޮކަމުގެ މީޒާނުގައި ރިވެތި އަޚުލާޤަށް ވުރެ ބަރު އެއްވެސް އެއްޗެއް ނުވެއެވެ. ނަމަވެސް، މިފަދަ މާތް ސިފަތައް މިއަދު ބައެއް މީސްތަކުންގެ ކިބައިން ފެންނަމުން ނުދާކަމީ ހިތާމަހުރި ކަމެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އިސްލާމީ އަޚުލާޤުގެ މުހިންމު ސިފަތަކުގެ ތެރޭގައި ކެތްތެރިކަމާއި، މީހުންނާ މުޢާމަލާތުކުރުމުގައި އަދަބުވެރިވުމާއި، މަޑުމައިތިރިކަމާއެކު ރިވެތި ބަހުން ވާހަކަދެއްކުން ހިމެނޭކަން ޚުޠުބާގައި ބަޔާންކުރިއެވެ. ދުންޔަވީ ޙަޔާތަކީ ތަނަވަސްކަމާއި ދަތިކަމާއި، ބަލިމަޑުކަމާއި ބިރުވެރިކަން ފަދަ އެކި ކަންކަމުން މާތް ﷲ އަޅުތަކުން އިމްތިޙާނުކުރައްވާ ތަނެއް ކަމަށާއި، މިފަދަ ކޮންމެ ޙާލަތެއްގައި ކެތްތެރިވާންޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ
އަދި ދަތި ޙާލަތްތައް ކުރިމަތިވި ނަމަވެސް، އެހެން މީހުންގެ މުދަލަށް އަރައިގަނެ ވައްކަންކުރުމަކީ ހުއްދަވާނެ ކަމެއް ނޫން ކަމަށާއި، އިސްލާމީ ބައެއް މުޖުތަމަޢުތަކުން ފެންނަ ނޭދެވޭ ދަށުދަރަޖައިގެ ޢަމަލުތަކުގެ ސަބަބުން އިސްލާމްދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދެކެން މަގުފަހިވާ ކަމަށް ވެސް ހަނދާންކޮށްދިނެވެ.
ވާހަކަދެއްކުމާއި މުޢާމަލާތުކުރުމުގެ ރިވެތި އަދަބުތަކަށް އަލިއަޅުއްވާލަމުން، ކިތަންމެ ނުބައިނުލަފާ މީހަކާ ވާހަކަދައްކަން ޖެހުނު ނަމަވެސް މަޑުމައިތިރިކަން އިސްކުރުމަށް ދީން ބާރުއަޅާކަން ޚުޠުބާގައި ހާމަކުރިއެވެ. އެގޮތުން، އަނިޔާވެރި ފިރުޢައުނުގެ ގާތަށް މޫސާގެފާނާއި ހާރޫނުގެފާނު ފޮނުއްވި ހިނދު ވެސް މަޑުމައިތިރި ބަހުން ވާހަކަދެއްކެވުމަށް މާތް ﷲ އަމުރުކުރެއްވިކަން ހަނދާންކޮށްދިނެވެ. އަދި ކީރިތި ރަސޫލާ zގެ ޚިދުމަތުގައި އަނަސްގެފާނު ހޭދަކުރެއްވި ދިހަ އަހަރުގެ ތެރޭގައި، އެކަލޭގެފާނާ ދިމާލަށް ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވެސް ވިދާޅުނުވާކަން ފާހަގަކޮށް، އަޅުގަނޑުމެންގެ ދަށުގައި ތިބޭ މުވައްޒަފުންނާއި މީހުންނާ މެދު އޯގާތެރިކަމާއެކު މުޢާމަލާތުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.
ޚުޠުބާ ނިންމާލަމުން ބުނީ، ޞިއްޙަތާއި، ތަޢުލީމާއި، އިޤުތިޞާދާއި، ޓެކްނޮލޮޖީގެ ގޮތުން ޤައުމެއް ކުރިއަރައި ދިޔަ ނަމަވެސް، އެ ބައެއްގެ ކިބައިގައި އަޚުލާޤީ ރިވެތި ސިފަތަކެއް ނެތް ނަމަ އެއީ ޙަޤީޤީ ކުރިއެރުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އަޑުއިވޭ ހެޔޮ ބަސްތައް ކަނުލައި އަޑުއެހުމަކީ ވެސް އަޚުލާޤީ މާތް ސިފައެއް ކަމަށްވާއިރު، ހުކުރު ޚުޠުބާ ކަނުލައި އަޑުއަހައި، އޭގައި ދެވޭ އިރުޝާދުތަކަށް ޢަމަލުކުރުމަކީ މުހިންމު ކަމެއްކަން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު