ކޯވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންކުރާ އެންޓިވައިރަލް ބޭހެއް އިންޑިއާގެ ގްލެންމާކް ފާމަސޫޓިކަލްސްއިން ތައާރަފުކޮށްފިއެވެ.

މުމްބާއީގައި ހުންނަ ގްލެންމާކް ފާމަސޫޓިކަލްސް އާއި ހަވާލާދީ ދަ ރިޕަބްލިކް ވޯލްޑް ނޫހުގައި ލިޔެފައިވާގޮތުން، "ފަބިފްލޫ" ގެ ނަމުގައި އުފައްދާފައިވާ މި ބޭސް ވެގެންދާނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކޮރޯނާވައިރަހާ ދެކޮޅަށް ބޭނުންކުރަން ފަށާ އެންމެ ފުރަތަމަ އޯރަލް އެންޓި ވައިރަލް ބޭހަށެވެ. މި ބޭސް ބޭނުންކުރާތާ ހަތަރު ދުވަހުގެތެރޭގައި ވައިރަހުގެ ބާރު ދަށްކޮށްލާކަން ދިރާސާތަކުން ދައްކާ ކަމަށް ވެއެވެ. އެ ކުންފުނިން އިތުރަށް ބުނެފައިވަނީ މި ބޭސް ކޮވިޑް-19 ޖެހިފައިވާ ހަކުރު ބަލި އަދި ހިތުގެ ބަލީގެ ބަލިމީހުންނަށް ފަރުވާދިނުމުގައިވެސް ބޭނުން ކުރެވިދާނެ ކަމަށެވެ.

މި ބޭހަކީ ޖަޕާނުގައި އިންފުލުއެންޒާ ބައްޔަށް ފަރުވާދިނުމަށް ބޭނުންކުރަމުން އަންނަ "ފަވިޕިރަވިރް" ބޭސް ރީބްރޭންޑް ކުރުމަށްފަހު ނެރެފައިވާ ބޭހެކެވެ . ގްލެންމީކް އިންޓަނޭޝަނަލް އިން ބުނާ ގޮތުން މީގެ ބޭސް ގުޅައެއް ވިއްކަން ހަމަޖެހިފައި ވަނީ 103 އިންޑިއާ ރުޕީސް އަށެވެ. އެކުންފުނިން އަންނަނީ އިންޑިއާ ސަރުކާރާއި ވާހަކަދައްކައިގެން، ވީހާވެސް ގިނަބަޔަކަށް ފަސޭހައިން އެ ބޭސް ލިބޭނެގޮތް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން