ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކުރި ހަތް ހާސް ފްލެޓް ހިމެނޭ ޓަވަރުތައް
ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކުރި ހަތް ހާސް ފްލެޓް ހިމެނޭ ޓަވަރުތައް
ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފްލެޓްތަކަކީ، މީހުން އުޅެން ހެޔޮވާވަރުގެ ތަނެއް ނޫންކަމަށާއި އިރުއޮއްސޭ ވަގުތުގައި ފޮޓޯނެގީމާ އެތަން ފެންނަގޮތް ބޭރަށް ރީތިކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ޤައުމާ މުޚާތަބް ކުރަށްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފްލެޓްތަކަކީ، މީހުން އުޅެން ހެޔޮވާވަރުގެ ތަނެއް ނޫންކަމަށާއި، އެތަނަށް ވަންނަ މީހުންވެސް އެތަނުން ނިކުންނާނެ ކަމަށެވެ.

"ހިޔާގެ 7000 ފްލެޓް އަޅުގަނޑު އަދިވެސް މި ދަންނަވަނީ މީހުން އުޅޭ ވަރުގެ ތަނެއް ނޫނޭ. އެތަނަށް ވަނުމަށް ފަހު އެތަނުން ނުކުންނާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހިޔާ މަޝްރޫއުގެ 7000 ހައުސިން ޔުނިޓަށް ވަންނަ މީހުންގެ ތެރެއިން 85 އިންސައްތަ މީހުން އެތަނުން ނުކުންނާނެ ކަމަށާއި އެކަމަކު ވަންނާނެ އިތުރު ތަނެއް ނެތްނަމަ އެތަނުގައި ތިބުން ނޫން ގޮތެއް ވެސް ނޯންނާނެ ކަމަށެވެ. ދާނެ އިތުރު ތަނެއް ނެތިއްޔާ ކޮންމެ މީހަކު ވެސް އެތަނުގެ ތެރޭގައި ތިބޭނެ ކަމަށާއި، އެއީ މީހުން އުޅެން އެއްގޮތަކަށް ވެސް ކަމުދާ ގޮތަށް ހަދާފައި ހުރި ތަނެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެއިން ކޮންމެ ޓަވަރެއްގައި ވެސް 5000 އަށް ވުރެ ގިނަ މީހުން އުޅޭނެ ކަމަށާއި، އެކަމަކު ކޮންމެ ތަނެއްގައި ވެސް ހުރީ އެންމެ ތިން ލިފްޓް ކަމަށް ރައީސް ވިދާޅުވި އެެވެ. އެގޮތުން އެންމެ ތިން ލިފްޓްހުރުމުން ސްކޫލުތަކާއި އޮފީސްތަކަށް ގަޑިއަށް ދާނީ ކިހިނެއްތޯ ރައީސް ޞާލިޙް ވަނީ ސުވާލު އުފައްދަވާފައެވެ.

"ހަމައެކަނި ލިފްޓްތަކަށް އެކަނި ބަލާލިޔަސް ކިހިނެއްތޯ އެއިން އަރާ ފައިބައިގެން އޮފީހަށް ދާނީ. ލާހިކެއް ނޫން ގަޑިނުޖެހި ދާން.. ބޭރަށް އެތަން ވަރަށް ރީތި. އެކަމަކު އެއީ ދިރިއުޅެން ރަނގަޅު ތަނެއް ނޫން. އެއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކޮށްފައި ހުރި. އަދިވެސް މި ދަންނަވަނީ އެއީ ދެކޮޅު ޖެހޭ ކަމެއް ނޫނޭ. އަޅުގަނޑުމެން އެތަނަށް ތިބޭފުޅުން ގެންދާނަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރި ފްލެޓްތައް ދީފައި ވަނީ އެންމެ ހައްގުވެރިންނަށްތޯ ބެލުމަށް މި ސަރުކާރުން ވަނީ ކޮމިޓީއެއް އުފައްދާފަ އެވެ. އެ ކޮމިޓީން އަންނަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ފްލެޓް ދޭން ނިންމާފައިވަނީ ދިރިއުޅުމުގެ ހާލަތަށް ނުބަލައި ކަމުން، އެކަަމަށް އެދި ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ސްޓޭޓް އިންޖީނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން ދަނީ 25 ބުރީގެ 16 ޓަވަރެވެ. އެއިން ކޮންމެ ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ. ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އެ ފްލެޓްތަކުގެ ޙައްޤުވެރިންނަށް މިއަހަރު ނިމުމުގެ ކުރިން ފްލެޓްތައް ޙަވާލު ކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


14

ޖޯރޭ

24-Jun-2020

ތެދުވާހަކަ އެއް ކޮތަރު ކޮށިތަކެއް ޔާމިން ނިންމާފަ ވަނީ މުށިނުޖަހާ ދޮރުފަތް ވެސް ނަރުވާ ދޭގޮތަށް


3

ހަސަނު

24-Jun-2020

ރައިސް ގެ ވާހަކަފުޅަށް 100%ތައިދު އެތަންތަނަށް ވަދެވުނީމަ އިހުސާސް ކުރެވޭނެ



ޓްރެންޑިން