އައްޑޫ ޝަންގްރިއްލާ ރިސޯޓުގެ ޙިއްސާ ދޫކޮށްލުމުގެ މައްސަލާގައި ފަތުރުވެރިކަމާބެހޭ ވަޒީރު މަޝްވަރާ ކުރަށްވަންޖެހެނީ ކެބިނެޓުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝަންގްރިއްލާ މައްސަލާގައި މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ، ޝަންގްރިއްލާ ރިސޯޓުގެ އެގްރީމެންޓްގެ ސަބަބުން އެރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރުމަށް ސަރުކާރުން ބައިވެރިވާން ޖެހޭ ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލުމަށްޓަކައި ސަރުކާރުން އައްޑޫ އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް 68 މިލިއަން ޑޮލަރު ލޯން ފައިނޭންސްގެ ގޮތުގައި ދައްކަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެމައްސަލާގައި އައްޑޫގެ މަޖިލީސް މެމްބަރުންނާއި ކައުންސިލް މެމްބަރުންނާއި މީގެ ކުރިން މަޝްވަރާވެސް ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މިނިސްޓަރަށް ރައްދު ދެއްވަމުން ޝަރީފް މިއަދު ވިދާޅުވީ، ޝަންގްރިއްލާގެ މައްސަލައިގައި ސަރުކާރުން ކަންކަން ނިންމަންޖެހެނީ އައްޑޫގެ މެންބަރުންނާ މަޝްވަރާކޮށްގެންނޫން ކަމަށެވެ. އަދި ޙިއްސާ ދޫކޮށްލުމުގެ މަޝްވަރާ ކުރަންޖެހެނީ ކެބިނެޓުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ޝަންގިރިއްލާއާއި ސަރުކާރުން ޕާޓްނަޝިޕްވީ މަޖިލިހުން ރުހުން ހޯދައިގެންނޫން، ބޯޑް ރިޒޮލިއުޝަނަކުން ހިއްސާ ދޫކުރެވިދާނެ." މިނިސްޓަރ މައުސޫމަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވިއެވެ.
އިއްޔެގެ ޖަލްސާގައި މިނިސްޓަރ މައުސޫމް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ޝަންގްރިއްލާ ހުޅުވޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ. އަދި ސަރުކާރުގެ ހިއްސާ ދޫކޮށްލި ނަމަވެސް ރިސޯޓް ހުޅުވޭނީ ރިނޮވޭޝަންގެ މަސައްކަތް ނިމުމުން ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.
2005 ގައި ދިވެހި ސަރުކާރާއި ހޮންގްކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި އައްޑޫ އިންވެސްޓްމަންޓުން ހިންގާ 284 އެނދުގެ ޝަންގްރިއްލާ ރިސޯޓު ބަންދުކުރީ ކޮވިޑުން ލިބުނު ގެއްލުމުން އަރައިނުގަނެވިގެން ކަމަށް ބުނެ 2020 ވަނަ އަހަރުގެ އޮގަސްޓު 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު