އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިސް ބޭފުޅުންކޮޅެއް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާ ބައްދަލު ކުރަށްވައިފިއެވެ.

އިއްޔެ ސަން އައިލެންޑް ރިސޯޓްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގެ ތަފްސީލް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މި ބައްދަލު ވުމުގައި ރައީސް ޞާލިޙްގެ ފަރާތްޕުޅުން ބައިވެރިވެ ވަޑައިގެންނެވީ އެމްޑީޕީގެ ޕީޖީ ލީޑަރ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި ރައީސް ޞާލިޙްގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ.

ރައީސް ޞާލިޙްގެ އަރިސް ބޭފުޅުންކޮޅެއް ޖޭޕީގެ ލީޑަރާއި ބައްދަލު ކުރަށްވާފައިވާއިރު ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރުމާއި ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީ ގައުމީ މަޖިލީހުން ރައީސް ޞާލިޙަށް މިހާރުވަނީ އަރުވާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ގޮތެއް ޖުމްހޫރީ ޕާޓީން އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރަށްވާނެ ކަމަށް އެޕާޓީގެ އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީން މިހާރު ތައްޔާރުވަމުންދަނީ މިމަހުގެ 24 އަދި 25 ގައި އެޕާޓީގެ ޤައުމީ ކޮންގްރެސް ބާއްވައި އައު ކައުންސިލް އެކުލަވާލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން