ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސް ފަސް ކުރަން ނިންމައިފިއެވެ. ޖަޕާނުގެ ޓޯކިޔޯގައި މިއަހަރުގެ ޖުލައި 24 އިން އޯގަސްޓް ނުވައަކަށް ބާއްވަން ޝެޑިއުލްކޮށްފައިވާ އޮލިމްޕިކްސް ފަސްކުރުމަށް ނިންމާފައިވާކަން އިއުލާންކުރީ އިއްޔެ އެވެ.
އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ނިންމާފައިވަނީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ކުރިން މުބާރާތް ބާއްވާށެވެ. ދިހަހާހަށްވުރެ ގިނަ އެތުލީޓުން ވާދަކުރާ ޓޯކިޔޯ އޮލިމްޕިކްސްއަށް ޖަޕާނު ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ. އެހެންނަމަވެސް ކޯވިޑް-19 އާ ގުޅިގެން ކުޅިވަރު ފެޑެރޭޝަންތަކާއި އެތުލީޓުންވަނީ މީގެ ކުރިންވެސް މި މުބާރާތް ފަސްކުރަން ގޮވާލާފަ އެވެ.
ޓޯކިޔޯ އޮލިމްޕިކްސްގައި ތެއްތިރީސް ކުޅިވަރަކުން ތިން ސަތޭކައަށްވުރެ ގިނަ އިވެންޓް އޮންނާނެ އެވެ. ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އޮލިމްޕިކްސްއަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދެވެ.

ކިޔުންތެރިންގެ ހިޔާލު