އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ
އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ
ދަޢުލަތުގެ ވެރިޔާ އާއި ބެހޭގޮތުން ދޮގު ޚަބަރު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.

އެޗްޕީއޭގެ އެންގުމާއި ޚިލާފަށް ރާއްޖޭގެ ރިސޯޓެއްގެ މޫދުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، ރައީސް ނަޝީދު މިދިޔަ ބުރާސްފަތި ދުވަހު ތިއްބަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށްބުނެ އޮންލައިން ނޫހެއްގައި ޖަހާފައިވާ ޚަބަރަކާއި ގުޅިގެން އަލްހާން ވިދާޅުވީ، "ދިޔަރެސް" ނޫހުން ޢާއްމުކޮށްފައިވާ ފޮޓޯގައި ރައީސް ޞާލިޙް ނެތް ކަމަށެވެ.

"ދަޢުލަތުގެ ވެރިޔާ އާއި ބެހޭގޮތުން ދޮގު ޚަބަރު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލަން." މޯލްޑިވްސް މީޑިއާ ކައުންސިލް ޓެގް ކުރަށްވައި އަލްހާން ކުރެއްވި ޓްވީޓްގައި ވެއެވެ.

25 ޖޫންގައި ނަގާފައިވާ ފޮޓޯއެއް ކަމަށް ބުނެ އެނޫހުގައި ފޮޓޯއާއި އެކު ޝާއިޢުކޮށްފައިވާ ޚަބަރުގައި ވާގޮތުން އެ ފޮޓޯ ނެގި ފަރާތުން ވަނީ އެއީ ރައީސް ޞާލިޙްކަން ކަށަވަރުކޮށް ދީފައެވެ. އެކަމާގުޅިގެން އަލްހާން އިތުރަށް ވިދާޅުވެފައިވަނީ، ނޫސްވެރިކަމަކީ ފެންނަހާ އެއްޗަކާ އިވޭހާ އަޑެއް، ތަނެއް ދޮރެއް ނުބަލައި ޝާއިޢުކުރުން ނޫން ކަމަށެވެ.

އެ ޚަބަރާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ފުރަބަންދު ތެރޭގައި ރައީސް ޞާލިޙް މާލެއިން ބޭރަށް ވަޑައިނުގަންނަވާ ކަމަށާއި، ފޮޓޯއިން ފެންނަނީ ރައީސް ޞާލިޙް ނޫން ކަމަށެވެ. އަދި މިއީ ޒިންމާދާރު ނޫސްވެރިކަން ނޫންކަމަށްވެސް ހޫދު ވަނީ ވިދާޅުވެފައެވެ.

"މިއީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން، މީ ފިތުނަ އުފައްދައިގެން މީހުންގެ އަގުވައްޓާލުން. މީގެ ރަނގަޅުގޮތް ބުނެދިނަސް އެ ނޫހަކުން މި ޚަބަރު ރަނގަޅެއް ނުކުރި." ވަރަށް ހިތްޕުޅުހަމަޖެހިވަޑައި ނުގެން ކުރެއްވި ޓްވީޓުގައި ހޫދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހަސަންބެ

30-Jun-2020

އަލްހާނު ގެ ވާހަކަ އަށް ވަރަށް ތާއީދު



ޓްރެންޑިން