ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކާކީ ސޯޓުލާފައި ލަޓިބުރި އަތަށް ނަގަންވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރާއި ފުލުހުންނާއި ސިފައިންނާއި އެހެން މުވައްސަސާތައް މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ބިރުދައްކަމުންދާތާ ވަރަށްދުވަސްވެއްޖެ ކަމަށާއި، އެކަމާ ގުޅިގެން މުޅި ދަޢުލަތް މަޖިލީހުގެ ކުރިމަތީ ކުޑަކަކޫ ޖަހަން ޖެހިފައިވާ ކަމަށެވެ.
"މުޅި ދައުލަތް ޖެހެނީ މަޖިލީހުގެ ކުރިމަތީ ކުޑަކަކޫ ޖަހަން. މަޖިލީހާ ގުޅުންހުރި މީހަކު ކުށެއްކުރީމަ މެމްބަރުން ކާކީސޯޓުލާފަ ލަޓިބުރި އަތަށް ނަގަން ވެއްޖެ." އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ ވިދާޅުވިއެވެ،
ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލާގައި މަޖިލީހަށް ހުށައަޅާފައިވާ ކުއްލި މައްސަލައިގެ ވަގުތުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ރޭޕް ކޭސްގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫވީ އެތަނުން އެކަކީ މަޖިލީހުގެ އަންހެން މެމްބަރެއްގެ ފިރިކަލަކަށް ވުމުން މެމްބަރު ނުފޫޒު ފޯރުވައިގެން ކަމަށް ނުދެކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީޑިއާއަށް ތިލަވެފައިވާ މަޢުލޫމާތަށް ބަލާއިރު، ހުޅުމާލޭގައި ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި ތުހުމަތު ކުރެވޭ އެއް ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުންނެވެ. މި މައްސަލާގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ބެލެވޭތީ، އެންއައިސީން މަސައްކަތް ކުރަމުންދާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވެސް އެޖެންޑާކޮށްފައިވެއެވެ. އަދި މި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވެސް އެޖެންޑާކޮށްފައިވެއެވެ. އެ ބައްދަލުވުންތައް އޮންނާނީ މިއަދުއެވެ. މީގެ އިތުރުން އެޗްއާރުސީއެމުން ވެސް ވަނީ މިމައްސަލަ ބެލުމަށް ނިންމާފައެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ 39 އަހަރުގެ 2 ދިވެހި ދެފިރިހެނުން ކަމަށާއި، އެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާއި ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު