ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވަލީދާ ވަލީދު ޖުމްހޫރީ ޕާޓީ ޖޭޕީން އިސްތިއުފާ ދެއްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާގެ މަޤާމު މީގެކުރިން އަދާކުރަށްވާފައިވާ ވަލީދާ ވަލީދު ރޭގެ ވަގުތެއްގައި އެ ޕާޓީން އިސްތިޢުފާ ދެއްވާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދުކޮށް އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ.
ވަލީދާ ޖޭޕީއާ ގުޅިވަޑައިގަތީ 2011 ވަނަ އަހަރު އެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކީން ވާދަކުރުމަށް ނިންމާފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު އާއި އިމިގްރޭޝަންގެ ވެރިއަކަށް ހުންނެވި އަހްމަދު މުހައްމަދު (ހަނަފީ) ވެސް މިހާރުވަނީ ޖޭޕީން އިސްތިޢުފާ ދެއްވާފައެވެ.
ޖޭޕީން މިހާރުވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް އިޢުލާނުކޮށްފައެވެ. ޕްރައިމަރީގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އަށް ހަމަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު