ޖުމުހޫރީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ފޯމް ހުށައަޅުއްވައިފިއެވެ.

ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ކައުންސިލުން ނިންމުމާއި ގުޅިގެން ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވީ މިއަދު 12 ޖެހިއިރުއެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހްމަދު ވިދާޅުވީ މުއްދަތު ހަމަވިއިރު ރިޔާސީ ޕްރައިމަރީއަށް ފޯމު ހުށަހެޅުއްވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަނި ކަމަށެވެ.

ރިޔާސީ ޕްރައިމަރީ އަށް ފޯމު ހުށަހަޅުއްވައި ގާސިމް އިބްރާހިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މުއްދަތު ހަމަވިއިރު އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށް ޕްރައިމަރީއަށް ހުށަހަޅާފައި ނުވާތީ ކައުންސިލުން ފާސްކުރި ގަރާރާ އެއްގޮތަށް އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ކަމަށެވެ.

ގާސިމް މީގެ ކުރިން ވަނީ ޖޭޕީގެ ރިޔާސީ ކެމްޕޭން ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އައްޔަންކުރަށްވާފައެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވެ ހުރިހާ މެމްބަރުންގެ އެހީތެރިކަމަށް ވެސް ގާސިމް ވަނީ އެެދިވަޑައިގެންފައެވެ

ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައި ޖޭޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރަން ހުޅުވާލާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން