ސިޔާސީ ގުއި ރޯނުގައި ނުޖެހި، ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް އެމްޑީޕީގެ އިސް ސަފުގައި މީގެ ކުރިން ޙަރަކާތްތެރިވި، އަދި އެމްޓީސީސީގެ ކުރީގެ އެމްޑީ ނަފާ ނަސީމް ގޮވާލައްވައިފިއެވެ.
ދިމާވާ ކޮންމެ ކަމެއްގައި މުޒާހަރާ ކުރުމަށް ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ގޮވާލަމުންދާތީ އެކަމާ ގުޅިގެން ނަފާ ނަސީމް ވިދާޅުވީ، ސިޔާސީ މީހުން ބޮނދާ ތިބެގެން ދެރަކަމެއް ދިމާވާ ކޮންމެފަހަރަކު، ގައުމު ފިތުނަކުރަން، ޓްވީޓް ކުރަމުންދާ ކަމަށާއި، އެއީ ޒިންމާދާރުކަމެއް ނޫން ކަމަށެވެ.
"ރައްޔިތުން އެޓުވީޓު ތަކުގައިޖެހި މޮޔަވާންވީކީ ނޫން! މުޒާހިރާކުރަން ވީކީނޫން! ކެތްތެރިކަމާއެކު ކަންކަން ރަގަޅުކުރަން މަސައްކަތް ކުރަންވީ! ސިޔާސީ ގުއިރޯނުގައި ނުޖެހެންވީ." ނަސީމް ވިދާޅުވެފައިވެއެވެ.
މިހާރު ފެންމަތި ވެފައިވާ ބޮޑު ފިނޮޅު މައްސަލައިގައި ބިދޭސީންނަށް މުސާރަ ނުލިބޭކަން ސަރުކާރަށް އެނގޭ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ޓްވީޓް ކުރަށްވައި ނަސީމް ވިދާޅުވީ، ބިދޭސީން ގެންގުޅޭ މީހުން އެމީހުންނަށް މުސާރަ ނުދިނީމައިވެސް ގޯސް ވަނީ ސަރުކާރާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށެވެ. އެހެން ބަޔަކު ކުރާ ކުށްތައްވެސް ސަރުކާރުގެ ބޮލަށް ޖެހުމަކީ މިހާރު މި ރާއްޖޭގެ "ޑަރޓީ ޕޮލިޓިކްސް" (ހުތުރު ޕޮލިޓިކްސް) އޮތް ހިސާބު ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮބާ ކޮންތާކު މިޖެހުނީ؟ މިހުންނަނީ މިގައުމުގެ ޑާޓީ ޕޮލިޓިކްސް! މީހުނަށް މުސާރަ ނުދީފަ ސަރުކާރު ބޮލަށް! ގޯސްމިވީ ސޯލިހު. ކުށްކުރީ އެހެން ބައެއް!" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވަނީ ދިވެހިންނަށް މެސެޖެއްވެސް ދެއްވާފައެވެ. އެގޮތުން މުޒާހިރާއަށް ދިއުމުގެކުރިން މުޒާހިރާކުރަނީ ގައުމީ ކަމަކުތޯ ނޫނީ ސިޔާސީ ކަމަކުތޯ ބެއްލެވުމަށާއި، އެންމެ ރަނގަޅު ޙައްލު ލިބެނީ މުޒާހިރާ ކޮށްގެންތޯ ބެއްލެވުމަށްވެސް އެދިވަޑައިގެންފައިވެއެވެ. އަދި މުޒާހިރާގެ ފައިދާލިބެނީ ރައްޔިތުމީހާޔަށްތޯ ނޫނީ ހިތްވަރުދޭ ސިޔާސީ ބަޔަކަށް ތޯ ބެލުމަށާއި، އަދި ކުރެވެނީ ރަގަޅުކަމެއްތޯ ނުވަތަ ޖައްސަނީ ސިޔާސީ ގުއިރޯނެއްގައިތޯ ވިސްނުމަށް ނަސީމް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު