އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ
އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ
ރައީސް އަބްދުﷲ ޔާމީންގެ ބަލި ހާލަތު ގޯސްވެ އަމިއްލައަށް ހިނގާބިނގާވެ އުޅޭވަރަށް ވުރެ ބަލިހާލަތު ދެރަކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރައީސް ޔާމީންގެ ޞިއްޙީ ހާލަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެމަނިކުފާނަށް ހިނގާބިނގާވެ އުޅެވޭ ވަރަށްވުރެ ޞިއްޙީ ހާލަތު ގޯސްކަމަށެވެ. އެމަނިކުފާނަކީ ނުހައްގުން ޖަލަށް ލެވިފައިވާ މީހަކަށްވާއިރު އަދި މިހާރު އޮތް ހާލުކޮޅަށް ބަލައި ގެއަށް ބަދަލުކޮށްދެއްވުމަށް އަބްދުއްރަހީމް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

"ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން ކޮންމެ ދުވަހަކީ މިސަރުކާރުން ރައީސް ޔާމީންނަށް އަނިޔާ ދެމުންދާ ދުވަހެއް. އެމަނިކުފާނުގެ ޤާނޫނީ ވަކީލުން މައުލޫމަތު ދެއްވަނީ ރައީސް ޔާމީން އުޅުއްވަނީ ވަރަށް ބަލިހާލުގައިކަމަށް. އަމިއްލަ ފުޅަށް ތެދުވެ އުޅުއްވާ ހިނގާ ބިނގާވެ އުޅުއްވަންވެސް ދަތިކަމަށް. މިއީ އެމަނިިކުފާނުގެ އާއިލާއާއި، ސަޕޯޓަރުންނަށް ކެތް ކުރެވޭ ވަރަށްވުރެ ބޮޑު ހިތާމައެއް." މީގެ ކުރިންވެސް ރައީސް ޔާމީން ވަރަށް ހިކި އަނަރޫފަ ވެފައިވާ ކަމަށް ވިދާޅުވެ ވަރަށް އަސަރާއެކު އެވާހަކަ ދައްކަވާފައިވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ކުރިންވެސް ރައީސް ޔާމިން ވަރަށް އަނަރޫފަވެފައިވާ ކަމަށް ވިދާޅުވިތާ މާ ގިނަ ދުވަހެއް ނުވެ ރައީސް ޔާމީން މާލެ ގެނައި އިރު އެފަދަ އެއްވެސް ކަމެއް ފެނިފައިނުވާތީ ގިނަ ބަޔަކު ވަނީ އަދުރޭއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ 96،000 އަށްވިރެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ބޭފުޅެއްކަމަށެވެ. އަދި މިއަދު ސަރުކާރުން ވަމުންދާ ވައުދުތަކާއި ކުރަން ބުނި ކަންކަން ހާސިލް ނުވުމުން ސަރުކާރަށް އޮތް ތާއީދު ގެއްލި ރައީސް ޔާމީނަށް އޮތް ތާއީދު އިހުނަށްވުރެ އިތުރުވެފައިވާކަމަށެވެ. ރައީސް ޔާމީންގެ ޞިއްޙީ ހާލަތު ހުރިގޮތުން މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލުމަށް އަބްދުއްރަހީމް ވަނީ ރައީސުލް ޖުމްހޫރިއްޔާއަށް ގޮވާލައްވާފައެވެ.

ރައީސް ޔާމީންއަކީ ސިޔާސީ ގޮތުން ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ އަދި ސާބިތުކަމާއިއެކު ހުންނެވި ބޭފުުޅެއްކަމަށް އޭނާ ވިދާޅުވިއެވެ. އެމަނިކުފާނު ޖަލުގައި އޮންނެވީވެސް އަދި ޖަލުގައި ހޭދަކުރައްވާ ކޮންމެ ދުވަހަކީވެސް ރައްޔިތުންގެ ހައްޤުގައި ކެތްތެރިކަމާއިއެކު ހޭދަކުރައްވާ ދުވަހެއްކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން މިކަމަށް އިޖާބަ ނުދޭނަމަ މަގުތަކަށް ނިކުމެ އިހުތިޖާޖްކޮށް ސަރުކާރާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ފަށާނެކަމުގެ އިންޒާރު އަދުރޭ ވަނީ ސަރުކާރަށް ދީފައެެވެ.

"ސަރުކާރުން ވައުދުވީ ކަންކަން ނުވެ ފެއިލްވުމުން ރުޅި ބާލަނީ ރައީސް ޔާމީނަށް. އެމަނިކުފާނަކީ 96،000 ވޯޓް އޮތް ބޭފުޅެއް. މިއަދު އެ އަދަދުވަނީ އެތައް ގުނައަކަށް އިތުރުވެފަ. އެތައް ރައްޔިތެއްގެ ހިތަށް ތިޔަދޭ އަނިޔާގެ ބަދަލު ލިބޭނެ ކަމަށް މިއަދުގެ ސަރުކާރުގައި ތިބި ބޭފުޅުން ހަދާންކުރަންޖެހޭނެ." އަބްދުރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑާ ކުރެއްވި މައްސަލާގަ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި ކޮރަޕްޝަންގެ އެ ބޮޑު މައްސަލައާ ގުޅުވައި އެމަނިކުފާނުގެ މައްޗަށް ކުރަމުންދާ ތުހުމަތުތައް އިދިކޮޅު ކޯލިޝަނުން ގަބޫލެއް ނުކުރެ އެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީން ބުނަމުންދާ ގޮތުގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައި ވަނީ ނުހައްގު ދައުވާއެއްގެ މައްޗަށް ނުހައްގު ހުކުމެކެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި މިހާރު ޖަލުގައި ހުންނެވި ރައީސް ޔާމީންގެ މައްޗަށް އިތުރު މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް އުފުލުމަށް ވަނީ ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. އެ މައްސަލާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް ވަރަށް އަވަހަށް ފަށާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު


0

ރައްޔިތުން

06-Jul-2020

ތާއީދުއޮންނަމަ ޖަލުގަނޯއްނާނެއެއްނު ވައްކަންކުރާއެންމެނައްވެސްއަނިޔާދޭނެއަދުރޭނުކުމެބަލަ މަގުމަށްޗަށް ގޮތްބަލާލަން


-3

ހަސަންއަލީ

06-Jul-2020

މިކޯ ތެވަރަށް ބަލިކަށި މީހަކާ 2023 ވޭކަލަކި އޮންނަ ނެއި އައި ސީ ޔޫ އެ ނުން ތެވަރުގެ މީހަކާ މިގައުމެ ވެރިކަމަށް ގިނޭ ބޮނޑިބަށް ވަހުތާާނުއެއި ހިސާބު އަދުރޭއި ތެވަރަށް ތެފޭލެނީ...


-5

މަގޭހިޔާލު

06-Jul-2020

ހަމަ ހުވާތަ ހިސާބު ޖައްސަވާ ބީދައިން ތިޔަޒާތުގެ ވާހަކަ ނުދައްކަވައްޗޭ އިތުބާރު އިތުރަށް ގެއްލޭނެ



ޓްރެންޑިން