ފުލުހުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ފުލުހުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ފުލުހުންގެ މުއައްސަސާއަށް ސިޔާސީ އެކި ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެފައިވާ މިދަނޑުވަޅުގައި ފުލުހުންގެ މުވައްސަސާއަށް ފާޑުވިދާޅުނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުވައްސަސާއިން ކޯވިޑް19ގެ ހާލަތާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން އިސްކަންދަރު ކޮށީގައި ފުލުހުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުލުހުންގެ މުވައްސަސާއަށް ފާޑުކުޔާ މީހެއްގެ ގޮތުގައި ވާކަށް ބޭނުންނުވާކަމަށެވެ. ފުލުހުންނަކީ ރައްޔިތުންނަށް ދިމާވާ ކަންކަމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާ ބަޔަކަށްވާއިރު ޒަމާނީ ތަރައްޤީއާއިއެކު ދެވޭ ހިދުމަތްވެސް ފުޅާކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުވަނީ ފުލުހުންގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ. އެކަން ކުރައްވާނީ ފުލުހުންގެ ތެރޭގައި ތިއްބެވި ޤާބިލް ހަރުދަނާ ބޭފުޅުންގެ ލަފަޔާއި މަޝްވަރާގެ މަތީންކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ފާޑުކިޔާ މީހެއްގެ ގޮތުގައި ހުންނާކަށްނޫން. އަޅުގަނޑުގެ ބޭނުނަމަކީ ދިވެހި ފުލުހުންނަކީ ރައްޔިިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ އަދި ތިޔަ ފުލުހުންވެސް އެތަނަކާއިމެދު ފަހުރުވެރިވާ ނަޒާހާތްތެރި ޕްރޮފެޝަނަލް މުވައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ހެދުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުލުހުންނަށް ފާޑުކިޔަން ބޭނުންނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް ފުލުހުންގެ ބިލާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ގެންދަވަނީ ފުލުހުންގެ މުވައްސަސާއަށާއި ވަކިވަކި ފުލުހުންނަށްވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. މިގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ފުލުހުންގެ މުވައްސަސާއަށް އަމާޒުކޮށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ފުލުހުންނަށް އަމާޒުކޮށް ބައެއް މެމްބަރުންވަނީ ފުލުހުންގެ ޔުނިފޯމާއި، ފުލުނުގެ ޚިދުމަތަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންނަށް އިތުރު ހަތިޔާރު ދިނުމާއިގުޅޭގޮތުންވެސް މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ. މަޖިލީހުގައި މިހާރު އެކުލަވާލަމުންދާ ފުލުހުންގެ ބިލަކީ ވަކި މަންފާތަކެއް ހާސިލްކުރުމަށް އެކުލަވާލާ ބިލެއްކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވެއެވެ. އަދި މިއީ ފުލުހުންގެ ބާރުތައް ހަނިކޮށް ފުލުހުންގެ މުއައްސަސާގެ ބާރުކުޑަކުރުމަށްޓަކައި އެކުލަވާލެވޭ ބިލެއްކަމަށް އިދޮކޮޅުން ވިދާޅުވެއެވެ.

ފުލުހުންނަށް އަމާޒުކޮށް މަޖިލީހުގެ ބައެއް މެމްބަރުން ފާޑުވިދާޅުވެފައިވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަކި ފަރުދަކު ނުވަތަ ބަޔަކު ކުރިކަމަކަށް މުޅި މުވައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދައްކަނީ އިސްލާހުކުރުމުގެ ބޭނުމުގައިކަމަށް ދެކެވެޑައިނުގަންނަވާކަމަށެވެ. އެމަނިކުފާނު ވިދަޅުވީ ސިފައިންނާ ފުލުހުންނަކީ ޤައުމީ ސަލާމަތާއި މިނިވަންކަމާއި އޭގެ އިތުރުން މުޖްމަތަމައުގެ ހަމަޖެހުމަށްޓަކައި ވަރަށް ބުރަ މަސްއޫއްލިއްޔަތުތަކެއް އަދާކުރަމުން އަންނަ ދެ މުވައްސަސާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން