ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ޖޭއެސްސީ
ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ޖޭއެސްސީ
ޖޭއެސްސީން ބަލަމުންދާ ސީރިއަސް މައްސަލަތަކަކާއި ގުޅިގެން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް 60 ދުވަހަށް މަޤާމުން އެކަހެރި ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވަނީ މިމަސައްކަތެވެ. ޖުޑިޝަލް ސާވިސް ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި މިމައްސަލާގައި ނިންމާފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް މުލްޙާ ޢަލީއާމެދު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ބާވަތަށާއި، އެ މައްސަލަތަކާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ހެއްކަށާއި، އެ މައްސަލަތައް ތަޙުޤީޤުކުރާއިރު މެޖިސްޓްރޭޓް މުލްޙާ ޢަލީ މެޖިސްޓްރޭޓްކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަތައް ތަޙުޤީޤުކުރުމަށް ހުރަސް އެޅޭނެކަމަށެވެ.

ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން މެޖިސްޓްރޭޓް މުލްޙާ ޢަލީ، ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް މިއަދު ކޮމިޝަނުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން