ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމައްމަދު ސައީދު
ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމައްމަދު ސައީދު
2023 ވަނަ އަހަރު ވެރިކަމާއި ހަވާލުވުމަށްފަހު ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްގެ ހަވާލުކުރުން ލަސްވުމާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަމަށް އެއްވެސް މަސައްކަތެއް ކުރެވިފައިނުވާއިރު، ރައީސް ޔާމީން ރައްޔިތުންނަށް އަޅާދީފައިވާ 7000 ފުލެޓް ހަވާލު ކުރަންވެސް ނޭގުނުކަމަށެވެ. މިއީ މިސަރުކާރުގެ ނާގާބިލްކަން ވަރަށްބޮޑަށް ހާމަވާކަމެއްކަމުގައި ސަޢީދު ވިދާޅުވިއެވެ.

"25 ބުރީގެ 16 ޓަވަރު ހުންނާނެ މިހާރު ނިމިފަ. 14 ބުރީގެ ގާތްގަޑަކަށް 12 ޓަވަރުގެ މަސައްކަތް 1350 ޔުނިޓްއެއީ މިހާރު ކުރިއަށްދާނެ. ހަމައެއާއިއެކު ކުންފުނިތަކާއި ހަވާލުކޮށްގެން 14 ބުރީގެ 12 ޓަވަރުގެ މަސައްކަތް ކުރިއަށްދާނެ. 2013 އިން 2018 އަށް އެއީ ބޯހިޔާވަހިކަމުގެ މުޅިން އާޒަމާނެއް ގެނެސްދިން 5 އަހަރު. 2023 ގައި ބޯހިޔާވަހިކަމުގެ ހިއްދަތިކަމަށް ނިމުން ގެންނާނަން." ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މި މަޝްރޫގައި އަޅާފައި ވަނީ 25 ބުރީގެ 16 ޓަވަރެކެވެ. ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ބަހައްޓާފައި ހުރެ އެވެ. ހަނިކޮށް ދިގުކޮށް ފަރުމާކޮށްފައިވާ މި ފްލެޓްތަކުގައި ހުންނަނީ ދެ ކޮޓަރި އެވެ. ކޮންމެ ކޮޓަރިއެއްގައި 99 އަކަފޫޓް، ސިޓިން ރޫމްގައި 217 އަކަފޫޓް ހުރެ އެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ލޯނުނަގައިގެން ފްލެޓްތައް ހަދަނީ މިހާރުތިބި ހާލަތަށްވުރެ ރަނގަޅުހާލަތެއް ހޯދަންކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓް ހެދުމުގެ ނަމުގައި ރައްޔިތުންގެ ބޮލުގައި ބޮޑެތި ދަރަނި އަޅުވުމަށްފަހު ހަދާފައިވާ ފްލެޓްތަކަކީ ރައްޔިތުން މިހާރުތިބި ހާލަތަށްވުރެވެސް ދަތިހާލުގައި ދިރިއުޅުމަށް ހެދިފައިވާ ތަންތަންކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ ހިޔާފްލެޓްތަކުގައި ހުރީ އެތެރޭގެ އެއްވެސް މަސައްކަތެއް ނުކޮށް ބޭރުން ކުލަލާފައިކަމަށެވެ. އަދި އެތަނަށް އޭރުކުރައްވާފައިވާ ހޭދަތަކަކީވެސް މިއަދު ފެންނަ މަންޒަރަށްވުރެވެސް ބޮޑު އަދި އެހާމެ ބޭކާރު ޚަރަދުތަކެއްކަމަށް މެމްބަރުންވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން