ޖިންސީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ފަސޭހަ ކަމާއިއެކު މުޖުތަމަޢަށް ދޫވެގެންދާކަން ފާހަގަކުރެވޭތީ އެފަދަ ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނެސް، ޖިންސީ ކުށްތައް ހުއްޓުވުމަށްޓަކައި ޖިންސީ ކުށުގެ ޤާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.
މިބިލް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާ މިމައްސަލަ ހުށަހެޅުއްވި އެންމެބޮޑު ބޭނުމަކީ ޖިންސީ ކުށުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) މިހާރު އޮތްގޮތުން ކުށުގެ ޝިކާރައަށްވި ފަރާތުގެ މާޒީއާއި ނަފުސުގެ އަބުރުވެރިކަމާއި އަޚްލާޤު އަދި ކުށުގެ ތުޙުމަތު ކުރެވުމުގެ ކުރިން ކުށުގެ ތުޙުމަތު ކުރެވޭ ފަރާތާއި ކުށުގެ ޝިކާރައަށްވި ފަރާތާއި ދެމެދު އޮތް ގުޅުމާއި ހިނގާފައިވާ މުޢާމަލާތްތަކަކީ ކުށުގެ ޝިކާރައަށްވި ފަރާތާއި ދެކޮޅަށް ބޭނުންކުރެވިދާނެ ހެކީގެ ގޮތުގައި އޮތުމުންކަމަށެވެ.
އަދި ކުށުގެ ޝިކާރައަށްވާ ފަރާތްތައް ކުށް ރިޕޯޓުކުރުމަށް ޖެހިލުންވެ، ޖިންސީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ފަސޭހަކާއިއެކު މުޖުތަމަޢަށް ދޫވެގެންދާކަން ފާހަގަކުރެވޭތީ އެފަދަ ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނެސް، ޖިންސީ ކުށްތައް ހުއްޓުވުމުގެ މަޤްސަދުގައި ހުށަހަޅާ އިޞްލާހެއްކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ.
ޖިންސީ ކުށުގެ ޤާނޫނުން އުނިކުރުމަށް ހުށަހެޅިފައިވާ 3 ނުކުތާއަކީ:
- ކުށުގެ ޝިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަޚްލާޤާ ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާމެދު ހިނގާފައިވާކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ޤަބޫލުކުރެވޭފަދަ ޙާލަތެއް ކޯޓަށް ފާހަގަވުން.
- ކުށުގެ ޝިކާރައަށްވި ފަރާތާއި ކުށުގެ ތުޙުމަތުކުރެވޭ ފަރާތުގެ ވާހަކައަށް ރިޢާޔަތްކުރާއިރު، ތުޙުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށްވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބެލެވޭނެ ފުރުޞަތު ލިބިދޭ ޙާލަތެއް ވުޖޫދުގައިވާކަމަށް، ކޯޓަށް ޤަބޫލުކުރެވުން.
- ކުށުގެ ތުހުމަތުކުރެވޭ ފަރާތާމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ޝިކާރައަށްވި ފަރާތާ ދެމެދުއޮތް ގުޅުމަކީ، އަދި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތްތަކަކީ، ތުހުމަތު ކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ޙާލަތެއް ކަމަށް ކޯޓަށް ޤަބޫލު ނުކުރެވުން.
ޖިންސީ މައްސަލަތައް ވަރަށްބޮޑަށް އިތުރުވެފައިވާ މިދަނޑިވަޅުގައި ޖިންސީ ގޯނާގެ މައްސަލަތަކުގެ ތަހުޤީޤު ފުލުހުން ކުރިޔަށް ގެންދާގޮތް ބެއްލެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައި އެމަސައްކަތް ޕީޖީ ވަނީ ފައްޓަވާފައެވެ. ޖިނާއީ މަސައްލައެއް ދައުލަތުގެ މުއައްސަސާއަކަށް ހުށައަޅައިގެން ބަލައި ނުދީފިނަމަ، އެމައްސަލައެއް ބެލުމަށް އެ މުއައްސަސާއެއްގެ މައްޗަށް އަމުރު ކުރުމުގެ ބާރު ޤާނޫނުން ޕީޖީއަށް ލިބިދީފައިވާ ކަމަށާއި އަދި އެބާރުގެ ބޭނުން ކުރައްވާނެ ކަމުގައިވެސް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު