ރޭޕް ކުރުމާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ރޭޕް އެވިޑެންސް ކިޓް ބޭނުން ކުރުމާއި އޭގެ ފޮރެންސިކް ތަހުލީލެއްކޮށް ފޮރެންސިކް ހެކި ހޯދުން ލާޒިމުކުރާ ގޮތަށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެންނަން ބިލެއް ހުށަހަޅައިފި އެވެ.
މިބިލް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިންއެވެ. ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް މިމައްސަލަ ހުށަހަޅާފައިވަނީ ޖިންސީ ކުށުގެ މައްސަލަތަކަކީ އޭގެ ޝިކާރައަކަށް ވާ މީހާއަށް ޖިސްމާނީ އަނިޔާ ލިބުމުގެ އިތުރުން ބައެއްފަހަރު މުޅި އުމުރަށް އޭގެ ސަބަބުން ނަފްސާނީ ނޭދެވޭ އަސަރުކުރާ ބާވަތުގެ މައްސަލަތަކަކަށް ވާތީ، މިއީ އިންސާފު ނުލިބިއްޖެނަ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާ އިތުރަށް ނިކަމެތިވާ، ނާޒުކު މައްސަލަތަކެއްކަމަށް މިބިލްގައި ބުނެފައިވެއެވެ. މިފަދަ މައްސަލަތަކަކީ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާއާ މެދު ޚާއްޞަ އުޞޫލުތަކަކުން އޭނާއަށް އިތުރު ބުރައެއް ނުވަތަ އަނިޔާއެއް ނުލިބޭގޮތަށް ޢަމަލުކުރަންޖެހޭ މައްސަލަތަކެއްކަމަށް ހިސާން ވިދާޅުވެފައި ވެއެވެ.
ޤާނޫނަށް ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި ޤާނޫނުގެ 28 ވަނަ މާއްދާ އާއި 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރަކަށް ވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެސާމްޕަލްގެ ފޮރެންސިކް ތަޙުލީލު ކުރުމަކީ ލާޒިމްކަމަކަށް ވާއިރު އެގޮތަށް ނެގޭ ސާމްޕަލް ވާންޖެހޭނީ "ރޭޕް އެވިޑެންސް ކިޓް" ބޭނުންކޮށް ނެގޭ ސާމްޕަލްތައްކެއްގެ މައްޗަށް ކުރެވޭ ތަޙުލީލެއްކަމަށް ބުނެފައިވެއެވެ.
ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެވިޑެންސް ކިޓް ލިބޭނެ އިިންތިޒާމު ސަރުކާރުން ހަމަޖައްސަން ޖެހެ އެވެ. އަދި ސިއްހީ ހިދުމަތް ދޭ ތަނަކުން ކިޓް ބޭނުން ކޮށްގެން ނަގާ ސާމްޕަލްތައް ނެގުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ރޭޕް އެވިޑެންސް ކިޓް ބޭނުން ކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ސިއްހީ މަރުކަޒެއްގައާއި ހޮސްޕިޓަލެއްގައި ހުންނަންވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ބިލަށް އަމަލު ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އެކަން ކަށަވަރު ކުރަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ހިސާން ހުށަހެޅުއްވި ބިލުގައި ފުލުހުން އަމަލު ކުރަން ޖެހޭ ގޮތުގެ ބާބެއް ވެސް ހިމަނާފައިވެ އެވެ. އެ ގޮތުން މިފަދަ މައްސަލައެއް ފުލުހަށް ރިޕޯޓް ކުރުމުން ލަސްނުކޮށް ވިކްޓިމް ހޯދައި އޭނާގެ ރުހުމާއެކު ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންގޮސްދޭން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ފުލުހަށް މައްސަލައެއް އަތުވުމުން ވެސް ސޯޝަލް ސާވިސް ޑިޕާޓްމަންޓަށް އަންގަން ވާނެ ކަމަށް ބުނެ އެވެ.
ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލް، އެސާމްޕަލް ނަގާ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނެ ގޮތުގެ އުޞޫލު މިޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކުލަވާލަންވާނެކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު