މި ސަރުކާރުގެ ހޯމް މިނިސްޓަރު ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފަރާތުން "އުތެމަ" ޖަމިއްޔާއާއި މެދު ހުރި ކަންބޮޑުވުންތައް ޔޫތ އެންމެ ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރު އަހުމަދު މަހްލޫފާ ހިއްސާކޮށްފިއެވެ.
އަދާލަތު ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފަރާތުން، "އުތެމަ" ޖަމިއްޔާއިން ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ޝެޑޯ ރިޕޯޓުގައި ހުރި އިސްލާމްދީނާއި ހިލާފް ކަންކަމާ މެދު އުފެދިފައިވާ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރު އަހުމަދު މަހްލޫފާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އަދާލަތުން ވަނީ އެމްޑީއެން ގެ ފަރާތުން 2015 ވަނަ އަހަރު ޝާއިއުކުރި ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލުމާއެކު އިޖުތިމާއީ ހާލަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ވަޒަން ކުރުމަށް ފަހު ކަމަށް ބުނެ އަންހެނުންނާ މެދު ކުރެވޭ ތަފާތު ކުރުންތައް ނައްތާލުމަށް އދގެ ބައިނަލްއަގްވާމީ މުއާހަދާ ސީޑޯ ކޮމިޓީއަށް ހުށަހެޅުމަށް "އުތެމަ" ޖަމިއްޔާއިން މި އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އާންމު ކުރި ރިޕޯޓާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރެފައެވެ.
ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ތަމްސީލުކުރާ ޢަދާލަތު ޕާޓީން ވަނީ، "އުތެމަ" އިން ނެރުނު ރިޕޯޓުގައި ވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓަށް ތާއީދުކޮށް އަދި އިސްލާމްދީން ތައުހީނުކޮށް ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަކޮށްފައިވާ ރިޕޯޓެއް ކަމަށް ބުނެފައެވެ. އަދި އެފަދަ ކަންކަމަކީ ސައްތައިންސައްތަ މުސްލިމް ގައުމެއްގައި އެއްވެސް ފަރުދެއްގެ ކިބައިން ފެނިގެން ވާނެ ކަންކަން ނޫން ކަމަށް އަދާލަތުން ބުނެފައި ވެއެވެ. އަދާލަތު ޕާޓީން ވަނީ މިފަދަ މުންކަރާތްތަކުން ދުރުހެލިވުމަށާއި އިލާހީ ކޯފާއަށް ބިރުވެތިވުމަށް އެދި އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.
"އުތެމަ" ޖަމިއްޔާއިން ނެރުނު ރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓެކެވެ. އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމުގެ ނަމުގައި "އުތެމަ" ޖަމިއްޔާ އިން ނެރުނު ރިޕޯޓްގައި ވަނީ ކުރިން މައްސަލަ ހޫނުވެ ސަރުކާރުން މިހާރު އުވާލާފައިވާ އެމްޑީއެންގެ ރިޕޯޓް ދިފާޢު ކޮށްފައެވެ. "އުތެމަ" އިން ވަނީ އެމްޑީއެން ރިޕޯޓްގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގޮވާލާފައެވެ.
"އުތެމަ" ޖަމިއްޔާގެ ރިޕޯޓު ހަދަން ވެސް ފަންޑު ކޮށްފައިވަނީ، އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ކެނެޑާގެ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" އިންނެވެ.

އުތެމަ ޖަމިއްޔާއިން ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ޝެޑޯ ރިޕޯޓުގައި ހުރި އިސްލާމްދީނާއި ޚިލާފް ކަންކަމާއި މެދު އުފެދިފައިކަން ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ޢަދާލަތު ޕާޓިގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ޔޫތު މިނިސްޓަރާއި ބައްދަލުކުރުން. pic.twitter.com/xyktfprfAc
— Adhaalath Party (@AdhaalathOffice) July 7, 2020
ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ތަމްސީލުކުރާ ޢަދާލަތު ޕާޓީން ވަނީ، "އުތެމަ" އިން ނެރުނު ރިޕޯޓުގައި ވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓަށް ތާއީދުކޮށް އަދި އިސްލާމްދީން ތައުހީނުކޮށް ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަކޮށްފައިވާ ރިޕޯޓެއް ކަމަށް ބުނެފައެވެ. އަދި އެފަދަ ކަންކަމަކީ ސައްތައިންސައްތަ މުސްލިމް ގައުމެއްގައި އެއްވެސް ފަރުދެއްގެ ކިބައިން ފެނިގެން ވާނެ ކަންކަން ނޫން ކަމަށް އަދާލަތުން ބުނެފައި ވެއެވެ. އަދާލަތު ޕާޓީން ވަނީ މިފަދަ މުންކަރާތްތަކުން ދުރުހެލިވުމަށާއި އިލާހީ ކޯފާއަށް ބިރުވެތިވުމަށް އެދި އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.
"އުތެމަ" ޖަމިއްޔާއިން ނެރުނު ރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓެކެވެ. އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމުގެ ނަމުގައި "އުތެމަ" ޖަމިއްޔާ އިން ނެރުނު ރިޕޯޓްގައި ވަނީ ކުރިން މައްސަލަ ހޫނުވެ ސަރުކާރުން މިހާރު އުވާލާފައިވާ އެމްޑީއެންގެ ރިޕޯޓް ދިފާޢު ކޮށްފައެވެ. "އުތެމަ" އިން ވަނީ އެމްޑީއެން ރިޕޯޓްގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގޮވާލާފައެވެ.
"އުތެމަ" ޖަމިއްޔާގެ ރިޕޯޓު ހަދަން ވެސް ފަންޑު ކޮށްފައިވަނީ، އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ކެނެޑާގެ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" އިންނެވެ.
ކިޔުންތެރިންގެ ހިޔާލު