ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތެއް ނުކުރެވޭނެކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
މިދިޔަ މެއިމަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު ހައިލަމް އަންނަނީ އެޕާޓީއާއި ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ސިޔާސަތުތައް ޕްރޮމޯޓުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ޓީވީ ޕްރޮގްރާމްތަކާއި ސޯޝަލް މީޑިއާގައިވެސް ހައިލަމް އަންނަނީ ޖުމްހޫރީ ޕާޓީ ޕްރޮމޯޓުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ހައިލަމް މިއަދު ވިދާޅުވީ މިއީ ޖުމްހޫރީ ޕާޓީގެ ފަހަރުކަމަށެވެ. ޖޭޕީގެ ސަރުކާރެއްގައި ދައުލަތުގެ ހަރަދު ކުޑަކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނެކަމަށާ، ޤާނޫނުން ލިބިދޭ ރައްކާތެރިކަމާއި މަންފާތައް ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށް ލިބިދެވޭނެކަމަށް ހައިލަމް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ މިދިޔަ މެއި މަހުގެ 25ވަނަ ދުވަހުއެވެ. ޖުމްހޫރީ ޕާޓީން ދަނީ ރިޔާސީ އިންތިހާބަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރަމުންނެވެ، އެގޮތުން އެކި ދާއިރާތަކުން ކަމުވޮށިވެގެންވާ ބޭފުޅުން ޕާޓީއަށް ސޮއިކުރަމުންދާތާ ދުވަސްތަކެއްވެއްޖެއެވެ.

މިއީ ޖުމްހޫރީ ޕާޓިގެ ފަހަރު إن شاء الله
— Ahmed Hailam (@AhmedHailam) June 26, 2023
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތެއް ނުކުރެވޭނެ.
އަޅުގަނޑުމެންގެ ސަރުކާރެއްގައި ދައުލަތުގެ ހަރަދު ކުޑަކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނެ.
ޤާނޫނުން ލިބިދޭ… pic.twitter.com/ocYLhsbfEV
ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ މިދިޔަ މެއި މަހުގެ 25ވަނަ ދުވަހުއެވެ. ޖުމްހޫރީ ޕާޓީން ދަނީ ރިޔާސީ އިންތިހާބަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރަމުންނެވެ، އެގޮތުން އެކި ދާއިރާތަކުން ކަމުވޮށިވެގެންވާ ބޭފުޅުން ޕާޓީއަށް ސޮއިކުރަމުންދާތާ ދުވަސްތަކެއްވެއްޖެއެވެ.
ކިޔުންތެރިންގެ ހިޔާލު