ފަތުރުވެރިކަމާބެހޭ ވަޒީރު ކަމުގެ މަގާމުން އަލީ ވަހީދު ވަކިކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު ކަމުގެ މަގާމުން އަލީ ވަހީދު ވަކިކޮށްފައިވާކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު އެންގެވީ ރޭގެ ވަގުތެއްގައެވެ. އެހެން ނަމަވެސް އޭނާ އަމިއްލައަށް މަޤާމުން އިސްތިޢުފާ ނުދެއްވުމުން ރައީސް ޞާލިޙް މިއަދު ވަނީ އަލީ ވަހީދު މަޤާމުން ވަކި ކުރައްވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަޅާފައިވާ ވުމުން އަލީ ވަޙީދު އިސްތިޢުފާ ދެއްވުމަށް ރައީސް ޞާލިޙް އަންގަވާފައިވާ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވުމާއެކު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންނާއި ދިވެހި ގައުމަށް ޚިދުމަތް ކުރުމަކީ އޭނާ އަށް ލިބުނު ފަޚުރަކާއި ޝަރަފެއް ކަމަށެވެ. އަދި އޭނާއަށް ކުރާ ޖިންސީގޯނާގެ ތުހުމަތާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ ވަގުތު ޖެހެމުން ހަގީގަތް ހާމަވާނެ ކަމަށާއި، މި ދުވަސްވެސް ހިގައިދާނެ ކަމަށެވެ.
މީގެކުރިންވެސް އަލީ ވަހީދުގެ މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެފަހަރު އެފަދަ މައްސަލަތަކެއް ހާމަވީ އަލީ ވަހީދު ކަމަށް ބުނާ މީހަކު ދައްކާފައިވާ ވާހަކަ ތަކެއްގެ އޯޑިއޯއެއް ލީކް ވެގެންނެވެ. އެ އޯޑިއޯގައިވެސް ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަ ތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ @ibusolih މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވި ޢަލީ ވަޙީދު މިއަދު އެމަޤާމުން ވަކިކުރައްވައިފި
— Ibrahim Hood (@MvSpokesperson) July 9, 2020
މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު އެންގެވީ ރޭގެ ވަގުތެއްގައެވެ. އެހެން ނަމަވެސް އޭނާ އަމިއްލައަށް މަޤާމުން އިސްތިޢުފާ ނުދެއްވުމުން ރައީސް ޞާލިޙް މިއަދު ވަނީ އަލީ ވަހީދު މަޤާމުން ވަކި ކުރައްވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަޅާފައިވާ ވުމުން އަލީ ވަޙީދު އިސްތިޢުފާ ދެއްވުމަށް ރައީސް ޞާލިޙް އަންގަވާފައިވާ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވުމާއެކު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންނާއި ދިވެހި ގައުމަށް ޚިދުމަތް ކުރުމަކީ އޭނާ އަށް ލިބުނު ފަޚުރަކާއި ޝަރަފެއް ކަމަށެވެ. އަދި އޭނާއަށް ކުރާ ޖިންސީގޯނާގެ ތުހުމަތާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ ވަގުތު ޖެހެމުން ހަގީގަތް ހާމަވާނެ ކަމަށާއި، މި ދުވަސްވެސް ހިގައިދާނެ ކަމަށެވެ.
މީގެކުރިންވެސް އަލީ ވަހީދުގެ މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެފަހަރު އެފަދަ މައްސަލަތަކެއް ހާމަވީ އަލީ ވަހީދު ކަމަށް ބުނާ މީހަކު ދައްކާފައިވާ ވާހަކަ ތަކެއްގެ އޯޑިއޯއެއް ލީކް ވެގެންނެވެ. އެ އޯޑިއޯގައިވެސް ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަ ތަކެކެވެ.
ކިޔުންތެރިންގެ ހިޔާލު