އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިންތިޚާބީ އެޖެންޓަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ޠަލާލް ޢައްޔަންކޮށްފިއެވެ.

ޔާމީންގެ އިންތިޚާބީ އެޖެންޓު ޢައްޔަންކުރިއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެއެވެ.



ނަމަވެސް

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާގުޅިގެން ޔާމިންގެ ކެނޑިޑަސީ ބަލައިގަތުމާމެދު ވަނީ ސުވާލު އުފެދިފައެވެ.

އިލެކްޝަނުން ބުނާގޮތުން ޔާމީނަށް އިންތިޚާބުގައި ވާދަކުރުމާއި ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުންނެވެ.

ރައީސް ޔާމީންގެ ކެނޑިޑަސީއާ ގުޅޭގޮތުން އެމަނިކުފާނުގެ ވަކީލުން ސުޕްރީމްކޯޓަށް މައްސަލައެއްވެސް ހުށަހެޅިއެވެ. އެހެންނަމަވެސް އެމައްސަލަ ބަލައިނުގަތުމަށް އެކޯޓުން ވަނީ ނިންމާފައެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން