ބޭންކުތަކުގައި ހުންނަ އަމިއްލަ ފަދުންގެ ފައިސާ އެކިގޮތްގޮތުން ގެއްލި އެކަމުގެ މާޔޫސްކަން ރައްޔިތުންނަށް ކުރިމަތިވާ މައްސަލައަށް ޙައްލު ގެނެސްދެއްވާނެކަމަށާ، ޖުމްހޫރީ ޕާޓީގެ ވެރިކެމެއްގައި އެގޮތަށް ބޭންކުގައި ހުއްޓާ ގެއްލޭ ފައިސާގެ ޒިންމާ އެބޭންކަކުން ނަގަން ޖެހޭނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ރަނިން މޭޓު ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ތ. ވޭމަންޑޫއަށް ވަޑައިގެން ޖޭޕީގެ ސަޕޯޓަރުންނާ ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅިވީ ބޭންކުތަކުގައި ހުންނަ ރައްޔިތުންގެ ފައިސާ ވާނުވާ ނޭނގި ގެއްލޭ މައްސަލައަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ހިތާމައެއްކަމަށެވެ. އޭގެސަބަބުން އެތައްބަޔަކު މާޔޫސްކަމާ ކުތިމަލާން ޖެހިފައިވާކަން އަމީން ފާހަގަކުރެއްވިއެވެ.

އަދި ގެއްލޭ ފައިސާ އަނބުރާ ހޯދޭނެގޮތެއް، އެކަމަށް ޒިންމާވާނެ މީހެއް ނުހުންނަކަންވެސް އަމީން ފާހަގަކުރެއްވިއެވެ. އޭނާވަނީ ފަހަކަށް އައިސް އަމިއްލަ ފަރުދުންގެ ފައިސާ ބޭންކުގައި ހުއްޓައި މަކަރާއި ޙީލަތުން އެކިއެކި އޮޅުވާލުންތަކުގެ ތެރެއިން އެފައިސާ ފޭރިގަތުމުގެ މައްސަލަތައް ދިމާވާތީ އެކަމަށް އިޝާރާތްކުރައްވައި ވާހަކަދައްކަވާފައެވެ.

އަމީން ވިދާޅުވީ ބޭންކުގައި ބަހައްޓާފައި ހުންނަ ރައްޔިތުންގެ ފައިސާ އަކީ ރައްކާތެރިކަމާ އެކު ބެލެހެއްޓުން ބޭންކުގެ މައްޗަށް ލާޒިމްވާ އަމާނާތެއްކަމަށެވެ. ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެގޮތަށް ރައްޔިތުންގެ ފައިސާ ފޭރިގަތުމަކީ ލާހިކު ކުޅަދާނަކަމެއް ނޫންކަމަށާ، ރައްޔިތުންގެ އެކައުންޓުގައި ހުރި ރައްޔިތުންގެ ފައިސާ ހަމަޔަށް ރައްކާތެރިކަމާ އެކު ބަލަހައްޓައި ދޭންޖެހޭނެކަމަށް އަމީން ވިދާޅުވިއެވެ. އަދި އެފައިސާ ގެއްލިއްޖެ ނަމަ އޭގެ ޒިންމާ އެފަސާ އެވަގުތު ހުރި ކޮންމެ ބޭންކަކުން ވެސް ޖެހޭނީ ނަގަންކަމަށް އަމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން