ރޭ އެމްޑީޕީން މާލޭގެ ކާނިވާ ސަރަޙައްދުގައި ބޭއްވި ބޮޑު ޖަލްސާގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒާ ބެހޭގޮތުން އެއްޗެއް ވިދާޅުވީ ޑރ. މުޢިއްޒަކީ ކޮންބޭފުޅެއްކަން ފުދޭވަރަކަށް އެނގިވަޑައިގަންނަވާތީކަމަށާ، އެނގޭ މީހުން ނޭނގޭ މީހުންނަށް ބުނެދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ ރޭގެ ޖަލްސާގައި ޑރ. މުއިއްޒާ ބެހޭގޮތުން އެއްޗެއް ވިދާޅުވިފަހުން ވަރަށްގިނަބަޔަކު ގުޅައި މެސެޖުކޮށް އެބަހަދާކަމަށެވެ. އެހެންކަމުން އެފަދަ މީހުންނަށް ވިދާޅުވާން އޮތް ވާހަކައަކީ ޑރ. މުޢިއްޒާ ބެހޭގޮތުން އެއްޗެއް ވިދާޅުވީ އެނގޭ މީހުން ނޭނގޭ މީހުންނަށް ބުނެދިނުމަކީ މުހިންމު ކަމަކަށްވާތީ ކަމަށް ވިދާޅުވެ އިމްރާންވަނީ ފާޑުކިޔާ ފަރާތްތަކަށް ރައްދުދެއްވާފައެވެ.
ރޭ އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި އިމްރާން ވަނީ ޑރ. މުޢިއްޒަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ޕީޕީއެމްގެ އިސް ވެރިން ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއާއި ދެކޮޅު ކަމަށާއި ޑރ. މުޢިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީން ހުންނަވާނީ ޖަލުގައި ކަމަށްވެސް އިމްރާން ރޭ ވިދާޅުވެފައިވެއެވެ. އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމަށް ކޯޓަށް ވަދެވަޑައިގެން އެތާނގައި ޑރ. މުޢިއްޒު އިންނެވި އިރުގައިވެސް ގެންދެވީ ޤާޟީ ޔާމީނަށް ޖަލު ހުކުމެއް ކުރެއްވުމަށް ހިތަށް އަރުވައިގެން އެކަމަށް އެދިވަޑައިގެން ދުޢާ ކުރަށްވަމުން ކަމަށެވެ.
ޑރ. މުއިއްޒު ހުންނެވީ ވެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އެކަމަށް ތައްޔާރުވެ ވަޑައިގެން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި މުޢިއްޒަށް ކެމްޕެއިން ކުރައްވާއިރުވެސް، ޕީޕީއެމްގެ އިސް ލީޑަރުންގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނަކަން އިމްރާން ފާހަގަކުރެއްވިއެވެ.
އަދި ޑރ. މުޢިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ އަދާލަތު ޕާޓީއިން ކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ ޢަދާލަތު ޕާޓީގެ ހާލީގައި އޮވެގެންކަމަށެވެ. އަދި މުއިއްޒަށް ކާންދިނީ ތިމަންނަމެންކަމުގައި ވިދާޅުވެ އިމްރާންވަނީ މުއިއްޒަށް ބަހުގެ ޙަމަލާތަކެއް ދެއްވާފައެވެ.
އެމްޑީޕީގެ ކުރީގެ ވެރިކަން ބަދަލުވެގެން މަގާމުތައް ބަހަންޖެހުނު ވަގުތުގައި ކުޑަކުއްޖަކު މަންމަ ކައިރީގައި ރޯހެން އިމްރާންގެ އަރިހުގައި ޑރ. މުއިއްޒު ކީރިތިކުރެއްވިކަމަށާ، ޑރ. ވަޙީދުގެ ވެރިކަމުގައި ޑރ.މުއިއްޒަށް ވަޒީރުކަން ދެއްވީ އެ ކީރިތިކުރެއްވުމަށް ކެންނުވެގެންކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުގެ ސްލޮޓް ދެއްވީ އެމްޑީއޭއަށް ކަމަށާ، އެސްލޮޓް ހޯއްދަވަން އެމްޑީއޭއަށް ވަޑައިގެންނެވީ ޢަދާލަތު ޕާޓީގެ ލީޑަރުންނަށް އަންގަވާވެސް ނުލައްވާކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެމްޑީއޭގެ ލީޑަރ ސަންސިޔާމްގެ އަރިހުގައި ކީރިތިކުރައްވައިގެން ދެވަނަފަހަރަށް މުއިއްޒު ވަޒީރުކަން ހޯއްދެވީކަމަށް ވިދާޅުވިއެވެ. މުއިއްޒު އެމްޑީއޭއިން ވަކިވެ ޕީޕީއެމްއާ ގުޅިވަޑައިގެންނެވީވެސް ކުއްލިއަކަށް މިއުސޫލުންކަމަށް އިމްރާން ވިދާޅުވިއެވެ.
އެހެންކަމުން ޑރ، މުއިއްޒަކީ އިޚްލާސްތެރިއެއް ނޫންކަމަށް ވިދާޅުވެ މުއިއްޒަށް ވޯޓުނުދިނުމަށް އިމްރާން ވަނީ ޕީޕީއެމްގެ މެމްބަރުންނަށް ގޮވާލައްވާފައެވެ.

Reyge jalsaage fahun alhugadah v gina beyfulhuh gulhuhvaa,message koh hahdhavaathee dhannavameve.
— Imran Abdulla (@ShimranAb) September 2, 2023
Alhugadu Dr Muizzu aa behey gothun kuda ehcheh mi bunelee,
alhugadah Dr Muizzu fudhey varakah engeytheeeve.
Engey meehun neyngey meehunah bunedhinumakee oiy kamakah vaathee eve.
ރޭ އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި އިމްރާން ވަނީ ޑރ. މުޢިއްޒަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ޕީޕީއެމްގެ އިސް ވެރިން ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއާއި ދެކޮޅު ކަމަށާއި ޑރ. މުޢިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީން ހުންނަވާނީ ޖަލުގައި ކަމަށްވެސް އިމްރާން ރޭ ވިދާޅުވެފައިވެއެވެ. އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމަށް ކޯޓަށް ވަދެވަޑައިގެން އެތާނގައި ޑރ. މުޢިއްޒު އިންނެވި އިރުގައިވެސް ގެންދެވީ ޤާޟީ ޔާމީނަށް ޖަލު ހުކުމެއް ކުރެއްވުމަށް ހިތަށް އަރުވައިގެން އެކަމަށް އެދިވަޑައިގެން ދުޢާ ކުރަށްވަމުން ކަމަށެވެ.
ޑރ. މުއިއްޒު ހުންނެވީ ވެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އެކަމަށް ތައްޔާރުވެ ވަޑައިގެން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި މުޢިއްޒަށް ކެމްޕެއިން ކުރައްވާއިރުވެސް، ޕީޕީއެމްގެ އިސް ލީޑަރުންގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނަކަން އިމްރާން ފާހަގަކުރެއްވިއެވެ.
އަދި ޑރ. މުޢިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ އަދާލަތު ޕާޓީއިން ކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ ޢަދާލަތު ޕާޓީގެ ހާލީގައި އޮވެގެންކަމަށެވެ. އަދި މުއިއްޒަށް ކާންދިނީ ތިމަންނަމެންކަމުގައި ވިދާޅުވެ އިމްރާންވަނީ މުއިއްޒަށް ބަހުގެ ޙަމަލާތަކެއް ދެއްވާފައެވެ.
އެމްޑީޕީގެ ކުރީގެ ވެރިކަން ބަދަލުވެގެން މަގާމުތައް ބަހަންޖެހުނު ވަގުތުގައި ކުޑަކުއްޖަކު މަންމަ ކައިރީގައި ރޯހެން އިމްރާންގެ އަރިހުގައި ޑރ. މުއިއްޒު ކީރިތިކުރެއްވިކަމަށާ، ޑރ. ވަޙީދުގެ ވެރިކަމުގައި ޑރ.މުއިއްޒަށް ވަޒީރުކަން ދެއްވީ އެ ކީރިތިކުރެއްވުމަށް ކެންނުވެގެންކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުގެ ސްލޮޓް ދެއްވީ އެމްޑީއޭއަށް ކަމަށާ، އެސްލޮޓް ހޯއްދަވަން އެމްޑީއޭއަށް ވަޑައިގެންނެވީ ޢަދާލަތު ޕާޓީގެ ލީޑަރުންނަށް އަންގަވާވެސް ނުލައްވާކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެމްޑީއޭގެ ލީޑަރ ސަންސިޔާމްގެ އަރިހުގައި ކީރިތިކުރައްވައިގެން ދެވަނަފަހަރަށް މުއިއްޒު ވަޒީރުކަން ހޯއްދެވީކަމަށް ވިދާޅުވިއެވެ. މުއިއްޒު އެމްޑީއޭއިން ވަކިވެ ޕީޕީއެމްއާ ގުޅިވަޑައިގެންނެވީވެސް ކުއްލިއަކަށް މިއުސޫލުންކަމަށް އިމްރާން ވިދާޅުވިއެވެ.
އެހެންކަމުން ޑރ، މުއިއްޒަކީ އިޚްލާސްތެރިއެއް ނޫންކަމަށް ވިދާޅުވެ މުއިއްޒަށް ވޯޓުނުދިނުމަށް އިމްރާން ވަނީ ޕީޕީއެމްގެ މެމްބަރުންނަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު