ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙްގެ ސަރުކާރު ބަދަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޕްރޮފެސަރު ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް މީސްމީޑިއާ މެދުވެރި ކުރަށްވައި ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ދިވެހިންނަށާއި ގައުމަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުން ކަމަށެވެ. އެހެންކަމުން މި އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އުގައިލް ވަނީ ވިދާޅުވެފައެވެ.

އުގައިލް ވިދާޅުވީ ސަރުކާރު ބަދަލު ވެއްޖެނަމަ މިހާރު ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓި ފިޔަވަޅު އެޅޭނީ ފަހަތަށް ކަމަށެވެ. އަދި އެއީ ދެން އަންނަ ސަރުކާރަކުން ގަސްތުގައި ނުކުރެއްވި ނަމަވެސް އެކަން ހިނގާނެ ތަބީއީ ގޮތް ކަމަށް އުގައިލް ވިދާޅުވިއެވެ. ސަރުކާރު ބަދަލުވެއްޖެނަމަ މަޝްރޫއުތައް ހުއްޓޭނެ ކަމަކީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށްވެސް އުގައިލް ވިދާޅުވިއެވެ.

"އަޅުގަނޑު ތާޢީދުކުރަނީ ނުހުއްޓި ރައީސް ޞާލިޙާއެކު ކުރިއަށް ދިއުމަށް." އުގައިލް ވިދާޅުވެފައިވެއެވެ.



ޕްރޮފެސަރ ޙަސަން އުގައިލް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙް މިވަގުތު އުޅުއްވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އުގައިލް ނިސްބަތްވެ ވަޑައިގަންނަވާ އައްޑޫ ސިޓީގައެވެ.

އެމްޑީޕީ އާއި ރައީސް ޞާލިޙް ވިދާޅުވަމުން ގެންދަވަނީ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން