ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ދެމެހެއްޓުމަކީ ދިވެހިންގެ މައްޗަށް މިއަދު ޤައުމީ ވާޖިބެއްކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ ޢިލްމިުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މުޙައްމަދު އިޔާޒް މިހެން ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. ޑރ.އިޔާޒް ވިދާޅުވީ މިވެރިކަމަށްވުރެ ބޮޑަށް ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރި ސަރުކާރެއް ރާއްޖެ ނުދެކޭކަމަށެވެ. އަދި މިއަށްވުރެ ބޮޑަށް ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރި ސަރުކާރެއްވެސް، ރައްޔިތުންގެ އަޑުއެހި ސަރުކާރެއް ވެސް ނެތްކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.
އެހެންކަމުން، މިސަރުކާރު ދެމެހެއްޓުމަކީ ޤައުމީ ވާޖިބެއްކަމުގައި ދެކިގެން މަސައްކަތްކުރަންޖެހޭކަމަށް ޑރ.އިޔާޒް ވަނީ ވިދާޅުވެފައެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް އޮތް ނުރައްކަލާއި ޤައުމުގެ މިސްރާބު މިއަދު ހުރި ގޮތަށް ބަލާއިރު ދިވެހި ރައްޔިތުން މިވެރިކަން ބަދަލު ކުރުމަކީ ޤައުމީ ވާޖިބެއްކަމަށް ދެކި މަސައްކަތް ކޮށްދެއްވުމަށް އެދި އދ.ހަންޏާމީދޫގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓު ލިބިވަަޑައިގެންނެވީ އިދިކޮޅު ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. ދެވަނަ ބުރުގެ ކެމްޕެއިން މި ދެބޭފުޅުންވެސް ވަނީ ފައްތަވާފައެވެ.

މިވެރިކަމަށްވުރެ ބޮޑަށް ރައްޔިތުންގެ ޟަރޫރީ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރި، ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރި، ރައްޔިތުންގެ އަޑުއެހި ސަރުކާރެއް ނެތް. އެހެންކަމުން، މިސަރުކާރު ދެމެހެއްޓުމަކީ ޤައުމީ ވާޖިބެއްކަމުގައި ދެކިގެން މަސައްކަތްކުރަންޖެހޭ. https://t.co/mWeFknqTO9
— Dr.Mohamed Iyaz (@dr_iyaz) September 14, 2023
ޑރ. އިޔާޒް މިހެން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް އޮތް ނުރައްކަލާއި ޤައުމުގެ މިސްރާބު މިއަދު ހުރި ގޮތަށް ބަލާއިރު ދިވެހި ރައްޔިތުން މިވެރިކަން ބަދަލު ކުރުމަކީ ޤައުމީ ވާޖިބެއްކަމަށް ދެކި މަސައްކަތް ކޮށްދެއްވުމަށް އެދި އދ.ހަންޏާމީދޫގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓު ލިބިވަަޑައިގެންނެވީ އިދިކޮޅު ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. ދެވަނަ ބުރުގެ ކެމްޕެއިން މި ދެބޭފުޅުންވެސް ވަނީ ފައްތަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު