ފަނޑިޔާރުން ނިންމަވާ މައްސަލައަކާ ގުޅިގެން އިސްތިއުނާފީ މަރުޙަލާއިން ގޮތެއް ކަނޑައެޅުމުގެ ކުރިން، ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބެލުމަކީ އިސްތިއުނާފީ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ އަދީބުގެ މައްސަލަ ބެލި ކްރިމިނަލް ކޯޓްގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.
ހައިލަމް ވިދާޅުވީ ފަނޑިޔާރު ޤާނޫނު ތަޠްބީޤު ކުރެއްވީ ފާޅުކަންބޮޑު ގޮތެއްގައި ގޯސްކޮށް ކަމަށް އިސްތިއުނާފީ މަރުޙަލާއިން ކަނޑައެޅުއްވުމުގެ ކުރިން، ޖޭއެސްސީން އެފަނޑިޔާރުގެ މައްސަލަ ބެލުމަކީ އިސްތިއުނާފީ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށާއި، ޤާޟީ ކުށްވެރިވާކަމަށް މާކުރިން މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ.
ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ގާޒީ އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ގާޒީ އެ ނިންމެވުން ނިންމެވީ ހުށަނާޅާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، އަމިއްލައަށް ފެންނަ ފެނުމަކަށް ކަމަށް ވިދާޅުވެ، އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.
ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ މިހާރު ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ. ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްމާއިލް ރަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ އަދީބުގެ ހަތް ދައުވާގެ މައްސަލައިގައި، އޭނާ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ކަމަށެވެ. ޖޭއެސްސީއިން ބުނީ އެ މައްސަލަ ބަލަން ނިންމައި، އެކަމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ފަނޑިޔާރު ޤާނޫނު ތަޠްބީޤު ކުރެއްވީ ފާޅުކަންބޮޑު ގޮތެއްގައި ގޯސްކޮށް ކަމަށް އިސްތިއުނާފީ މަރުޙަލާއިން ކަނޑައެޅުއްވުމުގެ ކުރިން، ޖޭއެސްސީން އެފަނޑިޔާރުގެ މައްސަލަ ބެލުމަކީ އިސްތިއުނާފީ މައްސަލައަށް ނުފޫޒު ފޯރުވުން.
— Ahmed Hailam (@AhmedHailam) July 15, 2020
ޤާޟީ ކުށްވެރިވާކަމަށް މާކުރިން މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައި. https://t.co/R8bWx87h3B
ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ގާޒީ އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ގާޒީ އެ ނިންމެވުން ނިންމެވީ ހުށަނާޅާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، އަމިއްލައަށް ފެންނަ ފެނުމަކަށް ކަމަށް ވިދާޅުވެ، އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.
ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ މިހާރު ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ. ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްމާއިލް ރަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ އަދީބުގެ ހަތް ދައުވާގެ މައްސަލައިގައި، އޭނާ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ކަމަށެވެ. ޖޭއެސްސީއިން ބުނީ އެ މައްސަލަ ބަލަން ނިންމައި، އެކަމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު