ސްޓޭޓް މިނިސްޓަރ ސޯލިހާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ސްޓޭޓް މިނިސްޓަރ ސޯލިހާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ސާލިހު މައްޗަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.

ދަޢުލަތުގެ ފަރާތުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާލިހާއި ދެކޮޅަށް އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަހުޤީގަކާއި ގުޅިގެންނެވެ. އަހްމަދު ސާލިހު މި މައްސަލައާ ގުޅިގެން ހުރީ ސަސްޕެންޑްކޮށްފައެވެ.

ޞާލިޙުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ކ. އަތޮޅުގެ ދެ ފަޅަކާއި ވ. ފިތްތެޔޮފުށިން ދައުލަތަށް ލިބެންޖެހޭ ކުލި ލިބިފައި ނުވާތީ އެެތަންތަނުގެ ހެޑް ލީސް ބަދަލުނުކުރުމަށް އަންގާފައި ވަނިކޮށް އެތަންތަނާއި ގުޅޭ އެއްވެސް ތަހުޤީގެއް ނުހިންގާކަމަށް ބުނެ ބައެއް ފަރާތްތަކަށް ސާލިހް ސިޓީ ފޮނުވާފައިވާކަމަށެވެ. އެހެންކަމުން އޭނާގެ މި އަމަލަކީ ބަޔަކަށް ނަހަމު ގޮތުގައި މަންފާއެއް ހޯދާދިނުމަށް ރަސްމީ ހައްސިއްޔަތު ނަހަމުގޮތުގައި ބޭނުންކުރުންކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ސާލިހް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ދިފާއީ ހެކީގެ ގޮތުގައި ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި، ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ޖަމާލާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ އަލީ ޝިޔާމްގެ ނަން ވަނީ ހުށައަޅާފައެވެ. މީގެއިތުރުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދާއި ޓުއަރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުންވެސް ދިފާއީ ހެކީގެ ގޮތުގައިވަނީ ހުށައަޅާފައެވެ.

ދައުލަތުން ހެކީގެ ގޮތުގައި ހުށައެޅީ ޓުއަރިޒަމް މިނިސްޓްރީގެ ދެ މުވައްޒަފެކެވެ. މީގެއިތުރުން ބައެއް ލިޔެކިޔުންތައް ދެފަރާތުންވެސް ހެކީގެ ގޮތުގައި ހުށައަޅާފައިވެއެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ހެކިން ބަލައިގަތުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނީ ދެން އޮންނަ އަޑުއެހުމެއްގައިކަމަށެވެ. އަދި މި މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކަނޑައަޅާ ދެން އޮންނަ އަޑުއެހުމުގައި ދެ ފަރާތުން ހުށައަޅަންޖެހޭ ހުށައެޅުންތައް ހުށައެޅުން އޮންނާނެކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ކޯޓްވަގުތު

17-Jul-2020

ބަލަގަ އެއްމެގޯސް ވެގެންވެސް ތިކަމަކީ، އެޑްމިނިސްޓްރެޓިވް ކުށަކަށްވުރެ ބޮޑެއްނުވާނެ. ދެން ކޯޓުގެ ވަގުތުބޭރުކުރަމުން ރާއްޖޭގެ އެކިއެކި ސަރުކާރުތަކުގައި ޓޫރިޒަމަށް އެއްމެއަގުރި ޚިދްމަތްކޮށްދެއްވި ތަޖްރިބާކާރު، އަދި ޓޫރިޒަމް ދާއިރާގައި ދުނިޔޭގެ ފެންވަރުހުރި ހަމައެކަނި ދިވެހިދަރިއަށް އަނިޔާދިނުމަކީބޭނުމަކީ ކޮބާބާ. ކޯޓަށްނުގޮސް އާސިޓީއަކުން ހަމަޖައްސާލެވޭނެކަމެއްގައިކޯޓަށް ދިޔުމަކީ ބޮޑުއިސްރާފެއް. ބަލަންޖެހޭ "އަސްލުމައްސަލަ" ނުބެލި ހުކުމްކުރެވުފައިވާ މީހުންދޫވެގެން ދާއިރު ކަމިޝަނުން ތިކުރަނީ ބޭކާރު ޚަރަދު!



ޓްރެންޑިން