މަޖިލިސް އިންތިހާބަށް ޖޭޕީގެ ޓިކެޓް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން މިފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ. ނަމަވެސް އެޕާޓީން މިހާރުވަނީ ކުރިއަށް އޮތް ޖެނުއަރީ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް އެ މުއްދަތު އިތުރު ކޮށްފައެވެ.

ޖޭޕީން ބުނީ ޓިކެޓަށް ކުރިމަތިލުމަށް އިތުރު ފުރުސަތު ދޭން ޖެހުނީ މިދުވަސްވަރަކީ ސްކޫލުތަކުގެ ޗުއްޓީ ދުވަސްވަރު ކަމަށްވާތީ ރާއްޖެއިން ބޭރަށާއި އަތޮޅު ތެރޭގެ އެކި ރަށްރަށަށް ގިނަ ބަޔަކު ދަތުރުކުރާތީ ފޯމުތައް ހުށަހެޅުމަށް ބައެއް ބޭފުޅުންނަށް ދަތިތަކެއް ހުރުމުން ކަމަށެވެ.

ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް ވާދަކުރުމަށް ނިންމާފައެވެ.

ޖުމްހޫރީ ޕާޓީން ބުނީ ކެންޑިޑެންސީ ކަށަވަރު ވާނީ އިންތިހާބުގައި ވާދަ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަމާއި ޤާބިލްކަން ބެލުމަށްފަހު ކައުންސިލުން ނުވަތަ އެކަަމަށްޓަކާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން ބެލުމަށްފަހުކަމަށެވެ.

ޖޭޕީ ނިންމާފައިވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވަކިން ވާދަކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން