ކުއްލި ހާލަތުގައި ދިިމާވާ މެޑިކަލް އެމާޖެންސީތަކަށް އިސްކަން ދިނުމަށް ހިމަނައި މޯލްޑިވިއަންގެ އުސޫލުތަކަށް ބަދަލު ގެނެސްފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވެފައި މިވަނީ ހާލު ސީރިއަސްވި ބަލިމީހަކު މާލެ ގެނައުން ލަސްވެ, ނިޔާވި ކަމަށް ބުނެ މީސްމީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެމީހުން ބުނާގޮތުން މިހާދިސާގައި ބަލި ކުޑަކުއްޖަކު ނިޔާވީ އިންޑިއާގެ ޑޯނިއަރ ބޯޓު މި ސަރުކާރުން ބޭނުން ނުކުރަން ހަދައިގެންނެވެ.

ނަމަވެސް ޑިފެންސް މިނިސްޓަރ މުހައްމަދް ގައްސާން މައުމޫން އަދި އާސަންދަ ކުންފުނިންވެސް މައުލޫމާތުދީފައިވާ ގޮތުން މިފަދަ ކުއްލި ހާލަތްތަކުގައި ކުރިއަށްގެންދާ މެޑިކަލް އިވެލުއޭޝަން އޮޕަރޭޝަން ތަކުގައި ގިނަފަހަރު ބޭނުން ކޮއްފައިވަނީ މޯލްޑިވިއަންގެ ފްލައިޓްތަކެވެ. އެގޮތުން 2021ވަނަ އަހަރުން ފެށިގެން މިފަދައިން ދިމާވި 93 އިންސައްތަ ހާލަތްތަކުގައި ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވިއަން މެދުވެރިކޮށެވެ.

މިނިސްޓަރ އަމީން ވިދާޅުވިގޮތުގައި މިއަދުން ފެށިގެން މޯލްޑިވިއަންގެ އުސޫލުތަކަށް ބަދަލުގެނެސްފައިވާނެ ކަމަށާއި އެގޮތުން އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރު ހަމަޖައްސާފައިވާނެ ކަމަށެވެ.

"ހޮސްޕިޓަލަކުން އިމަރޖެންސީ ކޭސް އެއްގެ މައުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން،" އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވެފައިވަނީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް މަސައްކަތަކީ އެއަރ އެމްބިއުލާންސްގެ މަސައްކަތް ކަމަށެވެ. އެހެންކަމުން މިއަހަރު މާޗް އެކެއްގައި މި ހިދުމަށް ފެށިގެންދާނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން