ލަގްޒަރީ ދަތުރުތަކަށް ހާއްސަކޮށް މޯލްޑިވިއަންއިން ބޯޓެއް ރާއްޖެ އައުމުން އެކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ މޯލްޑިވިއަން
ލަގްޒަރީ ދަތުރުތަކަށް ހާއްސަކޮށް މޯލްޑިވިއަންއިން ބޯޓެއް ރާއްޖެ އައުމުން އެކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ މޯލްޑިވިއަން
ފެންވަރު މަތީ ލަގްޒަރީ ދަތުރުތަކަށް ޚާއްޞަކޮށްގެން، ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް މުޅިން އައު މަތިންދާބޯޓެއް ގެނެސްފިއެވެ.

"ކިންގް އެއާ 360" މަރުކާގެ މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއެކު، އާދައިގެ މަތިން ވަނީ ވޯޓާ ސެލިއުޓަކުން މަރުޙަބާ ކިޔާފައެވެ. ފަޅުވެރިންނާއެކު ޖުމްލަ 11 ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓަކީ، މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި، މި ބޯޓު އެ އެއާލައިންގެ ފްލީޓާ ގުޅުމަކީ ޚިދުމަތުގެ އައު ބާބެއްގެ ފެށުމެވެ. އަދި މި ލަގްޒަރީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ "ނިލާ ކޮރަލް އައިލެންޑް" އާ ގުޅިގެންނެވެ.

މި އައު ޚިދުމަތް ރަސްމީކޮށް ފަށާނެ ތާރީޚެއް އެ އެއާލައިނުން އަދި އިޢުލާނެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު